އިގްތިޞާދީ އަދި ފަންނީ ދާއިރާއިން ރާއްޖެއަށް ހިލޭ އެހީ ދިނުމަ ހުންނަ ހށް ޗައިނާއިން އެއްބަސްވެއްޖެއެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު މިއަދު ވަނީ ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

މި އެއްބަސްވުން ތަކުގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑަައިގެންނެވި މި ރަސްމިއްޔާތުގައި ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ދޫކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާބެހޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީ ޝިން އެޅ ސޮކްޔޮލްއިގްތިސާދީ އަދި ފަންނީ ދާއިރާއިން ރާއްޖެއަށް ހިލޭ އެހީ ދިނުމަށް އެއްބަސްވުމެއްގައި ވެސްމިއަދު ސޮއިކުރިއެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަލީލެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗެއާމަން އޮފް ދަ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ ޖޯން މާވިއު އެވެ.

މީގެއިތުރުންވެސް ޗައިނާގެ އެހީތެރިކަމާއެކު ހަދާފައިވާ ސިނަމާލެ ބްރިޖު ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެެވެ. މީގެ އިތުރުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފައިވެއެވެެ. މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރެވެ.



މިރަސްމިއްޔާތުގައި ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 50 އަހަރު ފުރޭތީ ރަންޔޫބީލް ލޯގޯ ވެސް ތައާރަފްކޮށްފައެެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއި ކުރެއްވީ ދެ ގައުމުގެ ދެމެދުގައި މިއަދު ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހުގަ އެވެ. ވާންގް ޔީ މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ދެ ގައުމުގެ ގުޅިފައިވާ ބަޔާނެއް ވެސް ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެެ.

ވާންގް ޔީ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ވަޑައިގެންނެވި ޗައިނާގެ އެންމެ އިސް އޮފިޝަލު ކަން ފާހަގަކޮށްލެވެއެވެ.

ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ އޮކްޓޫބަރު 14، 1972 ގައެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެ ވަޑައިގަތީ އިއްޔެ އެެވެ. ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ވާންގް ޔީ ރާއްޖެ ވަޑައިގަތީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު