ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެެ.
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހުނީ ރާއްޖެއާއި ޗައިނާއާއި ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމާއި ގުޅިގެންނެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީ ޝިން އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ލުއިތައް ލިބޭނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައުމުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ރާއްޖެއަށް އަންނަ ޗައިނާ ރައްޔިތުންނަށް ވެސް އެ އެއްބަސްވުމުގެ ދަށުން އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެ އާއި ޗައިނާ އިން މިއަދު ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.
މީގެކުރިން ދިވެހިންނަށް ޗައިނާއަށް ދަތުރު ކުރެވެނީ ދުރާލާ ވިސާ ހޯދައިގެންނެވެ.

Pleased to witness the signing of the Visa Waiver Agreement between 🇲🇻 and 🇨🇳.
— Abdulla Shahid (@abdulla_shahid) January 8, 2022
The agreement will allow Maldivians to travel to China on 30-day visa free basis once the pandemic restrictions are lifted. pic.twitter.com/eJQdPvycNI
މީގެ އިތުރުން ރާއްޖެއަށް އަންނަ ޗައިނާ ރައްޔިތުންނަށް ވެސް އެ އެއްބަސްވުމުގެ ދަށުން އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެ އާއި ޗައިނާ އިން މިއަދު ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.
މީގެކުރިން ދިވެހިންނަށް ޗައިނާއަށް ދަތުރު ކުރެވެނީ ދުރާލާ ވިސާ ހޯދައިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު