ޗައިނާއިން ރާއްޖެއަށް 62.8 މިލިއަން ޑޮލަރު (960 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާއިން ރާއްޖެއަށް ހިލޭ އެހީ ދޭން ނިންމާފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު ދެ ގައުމުން ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ކަމަށެވެ.
އެ އެއްބަސްވުންތަކުގެ ދަށުން ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމީ ރާއްޖޭގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ހިލޭ އެހީގެ އިތުރުން ރާއްޖޭގެ ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމް ކުރަން 199 މިލިއަން ރުފިޔާގެ މަޝްރޫއެއް ޗައިނާގެ އެހީގައި ހިންގުމާއި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް ޗައިނާ ސަރުކާރުން އަނެއްކާވެސް ބަލަހައްޓަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ޗައިނާއަށް ވިސާ ނެތި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު މިއަދު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް 30 ދުވަހުގެ އެރައިވަލް ވިސާ ލިބެނޭއެެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް މީގެ ކުރިން ވެސް ވަނީ ހިންގާފައެެވެ.

ކިޔުންތެރިންގެ ހިޔާލު