އަންގާރަދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ މީހުން ކަރަންޓީންވާންޖެހޭނެ ގޮތަށް އެގައުމުގެ އުސޫލުތައް ހަރުކަށިކޮށްފިއެވެ.
ރާއްޖެގެ ހާރިޖީ ވޫޒާރާއިން ބުނީ ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 11 ޖެނުއަރީ 2022 ވަނަ ދުވަހުގެ އިންޑިއާ ގަޑިން 00:01 އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް 7 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމަށެޗެ.
މިގޮތަށް ހަމަޖެއްސުމުގެ އިތުރަށް އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅަންޖެހެއެވެ. އަދި ވޭތުވެދިޔަ 14 (ސާދަ) ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތު ހިމަނައި، ހުށަހަޅާ މަޢުލޫމާތުގެ ޞައްޙަކަމަށާއި، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަން އިޤުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
7 ދުވަހުގެ ކަރަންޓީނަށްފަހު 8 ވަނަ ދުވަހު ހައްދާ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގަޓިވް ވުމުން ގެއިން ނުކުމެވުނަސް، އިތުރު 7 (ހަތެއް) ދުވަސް ވަންދެން އެމީހެއްގެ ޞިއްޙަތު އަމިއްލައަށް މޮނިޓަރ ކުރަމުން ދާންޖެހޭނެއެވެ. އަދި މި ޓެސްޓުގެ ނަތީޖާ "އެއަރ ސުވިދާ" ޕޯޓަލަށް އަޕްލޯޑު ކުރަންޖެހޭނެއެވެ. މީގެ އިތުރުން، ކޮންމެ ފްލައިޓަކުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން 2 އިންސައްތަ މީހުން ރެންޑަމްކޮށް އެއަރޕޯޓުގައި ޓެސްޓްކުރާ ގޮތަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
މި ފިޔަވަޅުތައް މިގޮތަށް ހުރި ނަމަވެސް، އެ ޤައުމަށް، އެކުގައި ދަތުރުކުރާ 5 އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު 8 ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ޤައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓު ހައްދައި ކޮވިޑް-19 އަށް ފައްސިވާ ފަރާތްތައް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހޭނެއެވެ.
ފިޔަޅުތަކާގުޅިގެން، އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ދަތުރުކުރަން ޤަޞްދުކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށް ދުވެހި ޚާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ފޮރިން މިނިސްޓްރީން އެދެއެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކުރަމެވެ. އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު