ހުޅުމާލޭގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ސްޓޭޑިއަމް ވެގެންދާނީ ޗައިނާއާއި ރާއްޖޭގެ 50 އަހަރުގެ ގުޅުމުގެ ނިޝާނަކަށްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ސިޔާސި ގުޅުމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލްގެ ރަމްޒެއްގެ ގޮތުގައި ޗައިނާއިން ހުޅުމާލޭގައި ފުޓްބޯޅަ ސްޓޭޑިއަމެއް ޤާއިމްކުރަމުންދާކަމަށެވެ.
ހުޅުމާލޭގައި ގާއިމްކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް އަޅަން ރައީސް ސާލިހުގެ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ 2019 ވަނަ އަހަރުގައެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ ޗައިނާގެ އިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީިއެމްއީސީ) އާއެވެ.
ޝާހިދު ވިދާޅުވީ މިމަޝްރޫއާބެހޭ އެންމެފަހުގެ މައުލޫމާތު ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވާފައިވާ ކަމަށެވެ.
ޝާހިދުގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ވަރަށް ބޮޮޑަށް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއާއި، ހައުސިންގ މަޝްރޫއާއި ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ޝާހިދު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ކޯވިޑާ ގުޅިގެން ޗައިނާއިން ވެދިން އެހީތެރިިކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން ޗައިނާއިން ރާއްޖެއަށް ދެލައްކަ ސިނޮފާމް ވެކްސިން ވެސް ވަނީ ހަދިޔާކޮށްފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ގާތް ބައިވެރިއެއްކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެގައުމު ގުޅިގެން ކުރާ މަސައްކަތްތަކާއި، އދ. އާއެކު މިހާރަށްވުރެ ގާތުން މަސައްކަތްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވާންގް ޔީ ދެއްކެވި ވާހަކަފުޅުގައި އެޤައުމުން ގުޅުން ބަދަހިކުރުމުގައި ކުޑަ ޤައުމެއް އަދި ބޮޑު ޤައުމެއް ތަފާތު ނުކުރާކަމަށް ވިދާޅުވި އެވެ.

Press Statement delivered by Minister of Foreign Affairs @abdulla_shahid at the joint press conference with Minister of Foreign Affairs H.E. Wang Yi
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 8, 2022
📃 Read Statement | https://t.co/osBOCTZ6Or pic.twitter.com/1c4j3BEoWA
ޝާހިދުގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ވަރަށް ބޮޮޑަށް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއާއި، ހައުސިންގ މަޝްރޫއާއި ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ޝާހިދު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ކޯވިޑާ ގުޅިގެން ޗައިނާއިން ވެދިން އެހީތެރިިކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން ޗައިނާއިން ރާއްޖެއަށް ދެލައްކަ ސިނޮފާމް ވެކްސިން ވެސް ވަނީ ހަދިޔާކޮށްފައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ގާތް ބައިވެރިއެއްކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެގައުމު ގުޅިގެން ކުރާ މަސައްކަތްތަކާއި، އދ. އާއެކު މިހާރަށްވުރެ ގާތުން މަސައްކަތްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވާންގް ޔީ ދެއްކެވި ވާހަކަފުޅުގައި އެޤައުމުން ގުޅުން ބަދަހިކުރުމުގައި ކުޑަ ޤައުމެއް އަދި ބޮޑު ޤައުމެއް ތަފާތު ނުކުރާކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު