އިދިކޮޅު ޕީޕީއެމުން މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި ފުލުހުން އަމަލުކުރާ ގޮތާމެދު އދގެ ހާއްސަ ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފުލުހުންގެ އަމަލުތަކާއި ގުޅިގެން ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއާރ ޑރ. ޝަހީދު ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، އިދިކޮޅު މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މުޒާހަރާއިން އަންހެނަކު ހައްޔަރުކުރާ ވީޑިއޯ ހިއްސާކުރައްވަމުން ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބަދަލުވީ ވެރިކަން އެކަނިކަމަށެވެ. މުއައްސަސާތައް އޮތީ ކުރިންވެސް އޮތް ގޮތަށްކަމަށާއި، ބޭނުންކުރަނީ އަދިވެސް ކުރީގެ އުކުޅުތައްކަމަށް ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވަނީ ފުލުހުންގެ އަމަލުތައް ހުރި ގޮތުން ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އިހްތިރާމްކުރާކަމަށް ބަލާނީ ކިހިނެތްތޯއޭ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އަދި ޑރ. ޝަހީދު ވަނީ މިމައްސަލަ އދގެ ފްރީޑަމް އޮފް އެސޯސިއޭޝަންގެ ހާއްސަ ރެޕަޓުއަރގެ ސަމާލުކަމަށް ގެންނަވާފައެވެ. އެ ބޭފުޅާގެ އިތުރުން އެޗްއާރުސީއެމާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ސަމާލުކަމަށްވެސް މިމައްސަލަ ވަނީ ގެންނަވާފައެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ މުޒާހަރާތަކަކީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ މޫޒާހަރާތަކެކެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މުޒާހަރާތައް ކުރިއަށް ގެންދިޔަ ނުދިނުމަށް ކަނޑައަޅާފައެވެ.
ފުލުހުންގެ އިދާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.
އެއެއްވުންތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ދަތިކޮށް މާލޭ މަގުމަތިން ބަސް ހުއްޓުވައި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ބައެއް ފަރާތްތަކުން ހިތްވަރުދެމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ފުލުހުން ބުނީ ތަކުރާރުކޮށް ބައެއް ފަރާތްތަކުން އެފަދަ އަމަލުތައް ހިންގަމުން ގެންދާތީ އެމައްސަލަތަށް މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.
މުޒާހަރާތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރާ ގޮތުން އާންމުންގެ ފާޑުކިއުން އަމާޒުވާންފެށުމުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުޒާހަރާތަކާއި އެނޫން ވެސް ހާލަތްތަލުގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫން ވެސް ހާއްސަ ގާނޫނަކާއި ގުޅޭ ކަމެއްނަމަ އެ ގާނޫނަކާއި އެއްގޮތަށް ކަމަށެވެ.

Different govt; same country; same institution; same tactics! How is this consistent with the obligation to respect freedom of peaceful assembly & freedom of expression? @hrcmv @M_Hameedh @cvoule https://t.co/L7Jjcpyv2i
— Ahmed Shaheed (@ahmedshaheed) January 8, 2022
އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ މުޒާހަރާތަކަކީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ މޫޒާހަރާތަކެކެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މުޒާހަރާތައް ކުރިއަށް ގެންދިޔަ ނުދިނުމަށް ކަނޑައަޅާފައެވެ.
ފުލުހުންގެ އިދާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.
އެއެއްވުންތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ދަތިކޮށް މާލޭ މަގުމަތިން ބަސް ހުއްޓުވައި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ބައެއް ފަރާތްތަކުން ހިތްވަރުދެމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ފުލުހުން ބުނީ ތަކުރާރުކޮށް ބައެއް ފަރާތްތަކުން އެފަދަ އަމަލުތައް ހިންގަމުން ގެންދާތީ އެމައްސަލަތަށް މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.
މުޒާހަރާތައް ހުއްޓުވުމުގައި ފުލުހުން އަމަލުކުރާ ގޮތުން އާންމުންގެ ފާޑުކިއުން އަމާޒުވާންފެށުމުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުޒާހަރާތަކާއި އެނޫން ވެސް ހާލަތްތަލުގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫން ވެސް ހާއްސަ ގާނޫނަކާއި ގުޅޭ ކަމެއްނަމަ އެ ގާނޫނަކާއި އެއްގޮތަށް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު