ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ކޯބައިތޯ ބަޔާންކުރާ އުސޫލުތައް ކަނޑައަޅާފައިވާ ގަވާއިދު ސަރުކާރުން ގެޒެޓްކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބެހިގެންދާނީ 3 ބަޔަކަށެވެ. އެއީ އެންމެ ކުދި ފަންތީގެ ވިޔަފާރި، ކުދި ފަންތީގެ ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިއެވެ.
ވިޔަފާރި މިގޮތަށް ގިންތިކުރާއިރު ބަލާނީ މުވައްޒަފުންގެ އަދަދު، އަހަރަކަށް ލިބޭ އާމްދަނީ އަދި އަހަރަކަށް ލިބޭ ފައިދާއެވެ.
ގަވާއިދުގައިވާ ގޮތުން އެންމެ ކުދި ފަންތީގެ ވިޔަފާރިއަކީ 5 މުވައްޒަފުންނަށްވުރެ މަދުން، އަހަރަކަށް ލިބޭ އާމްދަނީ 5 ލައްކަ ރުފިޔާއަށް ވުރެ ދަށް އަދި އަހަރަކަށް ލިބޭ ފައިދާ 75 ހާސް ރުފިޔާއަށް ވުރެ ދަށް ވިޔަފާރިތަކެވެ.
ކުދި ފަންތީގެ ވިޔަފާރިއަކީ 6 އާއި 30އާ ދެމެދުގެ އަދަކަށް މުވައްޒަފުން ގެންގުޅޭ، އަހަރަކަށް ލިބޭ އާމްދަނީ 5 ލައްކައާއި 5 މިލިއަން ރުފިޔާއާ ދެމެދުގައި އަދި އަހަރަކަށް ލިބޭ ފައިދާ 75 ހާސް ރުފިޔާއާއި 7 ލައްކަ 50 ހާސް ރުފިޔާއާ ދެމެދުގައި ހުންނަ ވިޔަފާރިތަކެވެ.
މެދު ފަންތީގެ ވިޔަފާރިއަކީ 31 އާއި 100އާ ދެމެދުގެ އަދަކަށް މުވައްޒަފުން ގެންގުޅޭ، އަހަރަކަށް ލިބޭ އާމްދަނީ 5 މިލިއަން ރުފިޔާއާއި 20 މިލިއަން ރުފިޔާއާ ދެމެދުގައި އަދި އަހަރަކަށް ލިބޭ ފައިދާ 7 ލައްކަ 50 ހާސް ރުފިޔާއާއި 3 މިލިއަން ރުފިޔާއާ ދެމެދުގައި ހުންނަ ވިޔަފާރިތަކެވެ.
ގަވާއިދުގައިވާ ގޮތުން ކަނޑައަޅާފައިވާ އެންމެ މަތީ މިންގަނޑަށްވުރެ އިތުރަށް އާމްދަނީއާއި ސާފު ފައިދާ ލިބޭނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެއްގެ ގޮތުގައި ނުބަލާނެއެވެ.
މީގެއިތުރުން މުވައްޒަފުންގެ އަދަދު، އަހަރަކަށް ލިބޭ އާމްދަނީ އަދި އަހަރަކަށް ލިބޭ ފައިދާ މީގެތެރެއިން ގިންތިއަކަށް ނުފެތޭނަމަ އެކަމަށް ހާއްސަ ފޯމިއުލާތަކެއް ވަނީ ގަވާއިދުގައި ބަޔާންކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރިތައް ގިންގިކުރަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްތީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ކޮންމެ އިރަކުވެސް ރަޖިސްޓްރީކުރެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު