‏ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނުން ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިމަޝްރޫޢަކީ ސަރުކާރުން ކުރިއަށްގެންދާ 125،222،284.38 ރުފިޔާގެ މަޝްރޫއެކެވެ.

ސަރުކާރުގެ ފަރާތުން ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.



މި މަަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހުމަދު ތޮލްހަތެވެ. އަދި އެމްޓީސީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެދަށުން 219،595 އަކަ މީޓަރުގެ ބިންހިއްކުމާއި، 1336 މީޓަރު ރިވެޓްމަންޓް ޖެހުމާއި، ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 284 މީޓަރު އެއްގަމު ތޮށި ޖެހުމާއި ކޮންކްރީޓް ބްރިޖް އެޅުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު