ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި މަރުވެފައިވާ ބައެއްގެ ނަންތަކެއް ހިމެނޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓާސް ލިސްޓުގައި މަރުވެފައިވާ 6 މީހެއްގެ ނަން އޮތްކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އެހެންކަމުން ލިސްޓުން އެނަންތައް އުނިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މަރުވެފައިވާ ބަޔަކު ވޯޓާސް ލިސްޓުގައި ހިމެނޭކަން އެނގުނީ ވޯޓާސްލިސްޓާއި ގުޅޭގޮތުން ހުށަހެޅި ޝަކުވާގެ ތެރެއިންކަމަށެވެ. އަދި އެކަންކަން އިސްލާހުކުރުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް ހުށަހަޅާފައިވާކަމަށް އިލެކްޝަނުން ބުނެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓްލުން އޮންނާނީ އަންނަމަހުގެ 5 ވަނަ ދުވަހުއެވެ. މިއިންތިޚާބުގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ކެންޑިޑޭޓުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު