މާލޭ ސިޓީގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިއަހަރު ތެރޭގައި 13000 ކިއުބިކް މީޓަރުގެ ދެ ތާނގީ ބަހައްޓަން ނިންމާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސަައްކަތްތަކާއި ގުޅޭގޮތުން "ރަސްއޮންލައިން" އަށް ދެއްވި ބަސްދީގަތުމެެއްގައި ވާހަކަ ދައްކަަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މާލޭގައި ފެން ރައްކާ ކުރާނެ ނިޒާމެއް ގާއިމް ކުރުމަކީ އެ ކުންފުނިން ކުރަން ނިއްމައި ޕްލޭން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެގޮތުން މާލޭގައި ފެން ރައްކާކުރާނެ ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން މިހާރު ކުރީގެ އެސްޓީއޯ ރެޑީމިކްސް މިކްސް ހިންގި ބިން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށާއި، އެ ބިމުގައި ފެން ރައްކާކުރާނެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޝާޙް ވިދާޅުވިއެެވެ.
"ގާތްގަނޑަކަށް 13000 ކިއުބިކް މީޓަރުގެ ދެ ތާނގީ އެތާނގައި އަޅުގަނޑުމެން ބަހައްޓާނަން، މި ތާނގީތައް ބެހެއްޓީމަ ފެނުގެ ނިޒާމެއް ގާއިމް ކުރެވިފައި އަދި ދެން ހުރި ތާނގީއް އަޅުގަނޑުމެންނަށް ޑައުންކޮށް އެ ތާނގީތައް ސާފުކޮށް އެމަސައްކަތް ވެސް ކުރެވޭނީ މިހާރު ވެސް އެބަހުރި ސާފު ނުކުރެވި ހުރި ތާނގީތައް ސާފުކުރަންޖެހޭ. އެކަން ކުރެވެން އަންނަނީ އިތުރު ސްޓޯރޭޖްތައް ހަދައިގެން އެކަން ކުރުމުގެ މަސައްކަތް މިކުރަނީ،" ޝާހް ވިދާޅުވިއެެވެ.
މީގެ އިތުރުން ޝާހް ވިދާޅުވީ ފެން ރައްކާކުރާ ނިޒާމް ގާއިމް ކުރުމަށް މާލެ ގެންނަ ތާންގީ ތަކަށް އެޑްވާންސް ޕޭމަންޓް ވެސް މިހާރު ދައްކާފައިވާ ކަމަށެވެ. އަދި ފެން ރައްކާކުރާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ލަސްވަނީ މިހާރު ހަދާފައިވާ ޑިޒައިނަށް ބަދަލުތަކެއް ގެންނަންޖެހޭތީ ކަމަށް ޝާހް ވިދާޅުވިއެވެެ.
"އިންޖިނިއަރުންގެ އޮޕީނިއަން ހޯދައިގެން މި މަސައްކަތް މިކުރަނީ އެހެން ކުރިއަށް ގެންދާއިރު ބައެއް ކަހަލަ ބަދަލުތައް ގެންނަން އެބަޖެހޭ މި މަސައްކަތް ކުޑަކޮށް ދިގުލައިގެން މިދަނީ ބޭރުގެ އިންޖިއަނަރުންގެ ފާމަކުން ވެސް މައުލޫމާތު ހިއްސާކޮށް، އެބޭފުޅުންގެ ޚިޔާލު ހޯދީމަ. އަޅުގަނޑުމެން ކުރީގައި ހަދާފައި އޮތް ޑިޒައިނަށް ތަންކޮޅެއް ބޮޑަށް ރީއެންފޯސް ކުރަންޖެހޭ ކަމަށާއި ތަންކޮޅެއް ޑީޕްކޮށް ޕައިލްކުރަންޖެހޭ ކަމަށް އަދި ކުޑަކޮށް ޑިޒައިނަށް ބަދަލެއް ގެންނަން ޖެހިގެން ލަސްވެގެން މިއަންނަނީ." ޝާހް ވިދާޅުވިއެވެެ.
ޝާހް ވިދާޅުވީ އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އިތުރު ބައެއް ސަރަހައްދުތަކުން ފެން އުފެއްދޭނެ ނިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ހަވީރީ ހިނގުމުގައި ބަހައްޓާފައި ހުރި އެކުންފުނީގެ ފެން ޕްލާންޓަކުންނާއި ކަލާފާނު ސަރަހައްދުގައި ހުންނަ ފެން ޕްލާންޓުގެ އިތުރުން ހުޅުމާލޭގައި ހުންނަ ޕްލާންޓުން ފެން އުފައްދާނެ ކަމަށް ޝާޙް ވިދާޅުވިއެވެ.
"ބްރިޖްގެ ދަށުން އެ އޮންނަ ހޮޅިން އަޅުގަނޑުމެންނަށް ފެން ހުޅުމާލެއިން މާލެއަށް، މާލެއިން ހުޅުމާލެއަށް ޕަންޕު ވެސް ކުރެވޭނެ، އެހެންވީމަ ދެން އެކަހަލަ ހާދިސާއެއް ދިމާވާއިރުގައި ރައްޔިތުން ފެނުން މަހުރޫމްވެފައި ތިބޭކަން ނުޖެހޭނެ، އަޅުގަނޑުމެންނަށް ފެން ފޯރުކޮށްދެވޭނެ." ޝާހް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު