މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ ކާޑުގެ ބާވަތްތައް 34 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުގައި ހާމަކޮށްފައިވާގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މާރޗުމަހުގެ ނިޔަލަށް ރާއްޖެއަށް 19376 ޓަނުގެ ކާޑުގެ ބާވަތްތައް ވަނީ އެތެރެކޮށްފައެވެ. މިއީ އަގުގެ ގޮތުން ބަލާނަމަ 176 މިލިއަން ރުފިޔާގެ ކާޑުގެ ބާވަތްތަކެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާ ބަލާއިރު މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެތެރެކޮށްފައިވާ ގަނޑުކުރި ކުކުޅުގެ އަދަދުވަނީ %61 އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 3،462 ޓަނުގެ ގަނޑުކުރި ކުކުޅު އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.
ޒަރޫރީ މުދަލުގެގެ ތެރެއިން މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރު ދަށަށްގޮސްފައިވާ ތަކެއްޗަކީ، އަލުވި، ޕެޑު، ނެޕީ އަދި ކައްކާ ގޭސް ހިމެނެއެވެ. އަަލުވި އެތެރެކޮށްފައިވާ މިންވަރު %6 ދަށަށް ގޮސްފައިވާއިރު، ޕެޑު އެތެރެކޮށްފައިވާ މިންވަރު %16 ވަނީ ދަށަށް ގޮސްފައެވެ. ކައްކާ ގޭސް އިތުރުކޮށްފައިވާ މިންވަރު ވަނީ %21 ދަށަށް ގޮސްފައިވާކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު