ވ. ފުލިދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ބުނެފިއެވެ.
ސްޓްލެކޯއިން ބުނީ ވ. ފުލިދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން މި މަސައްކަތުގައި 1807 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ މިމަހުގެ ނިޔަލަށް މިމަސައްކަތް ނިންމާލެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.
މިިދިޔަ ޑިސެމްބަރުމަހު ސްޓެލްކޯއިން ވަނީ ފުލިދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް އެސް ޓީ ޑަބްލިޔޫ 300ގެ އާ ޖަނަރޭޓަރު ސެޓް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ. އެ ޖަނަރޭޓަރާއެކު ފުލިދޫގެ ކަރަންޓުގެ ކެޕޭސިޓީ 499 ކިލޯވޮޓުން އިން 779 ކިލޮވޮޓަށް ވަނީ އިތުރުކޮށްފައެވެ.
ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ ސްޓެވޯ ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެއީ އެސް ޓީ ޑަބްލިޔޫ 300، އެސް ޓީ ޑަބްލިޔޫ 600، އަދި އެސްޓީޑަަބްލިޔޫ 800އެވެ. މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެއެވެ.
ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފަ އެވެ. އަދި އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.

ވ. ފުލިދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. މި މަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލަން ހަމަޖެހިފައިވާއިރު، މި މަސައްކަތުގައި 1807 މީޓަރުގެ ކޭބަލް ވަޅުލުމަށް ވަނީ ހަމަޖެހިފައި. pic.twitter.com/QGlsrfRpKD
— STELCO (@STELCOMALDIVES) January 10, 2022
މިިދިޔަ ޑިސެމްބަރުމަހު ސްޓެލްކޯއިން ވަނީ ފުލިދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް އެސް ޓީ ޑަބްލިޔޫ 300ގެ އާ ޖަނަރޭޓަރު ސެޓް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ. އެ ޖަނަރޭޓަރާއެކު ފުލިދޫގެ ކަރަންޓުގެ ކެޕޭސިޓީ 499 ކިލޯވޮޓުން އިން 779 ކިލޮވޮޓަށް ވަނީ އިތުރުކޮށްފައެވެ.
ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ ސްޓެވޯ ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެއީ އެސް ޓީ ޑަބްލިޔޫ 300، އެސް ޓީ ޑަބްލިޔޫ 600، އަދި އެސްޓީޑަަބްލިޔޫ 800އެވެ. މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަަށްވެސް، ލޯކަލް ވޮރަންޓީއާއި، އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެއެވެ.
ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯގެ އިންޖިނިއަރުންނަކީ މި ރާއްޖޭގައި އެންމެ ތަޖުރިބާކާރު އިންޖިނިއަރުންނަށް ވެފައި، ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ދެވޭނެ ކުންފުންޏަކީ ސްޓެލްކޯކަން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފާހަގަ ކުރައްވާފަ އެވެ. އަދި އެ ޖެނެރޭޓަރަކީ ރާއްޖޭން ބޭރުން ލިބެން ހުންނަ ޖެނެރޭޓަރުތަކާ އެއް ފެންވަރުގެ ޖެނެރޭޓަރެއް ކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ޖެނެރޭޓަރެއް ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު