ސަރުކާރު މުވައްޒަފުންގެ ނާދީ ހިންގި ބިމާއި ކުރީގެ އޯޑިއޯން ސިނަމާ ހިންގި ބިން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދޭން ނިންމައިފިއެވެ.
އިންޑިއާގެ ޓާޓާ ކުންފުންޏަށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މި ބިންތައް ދިން ނަމަވެސް، އެކަމާއި ގުޅޭގޮތުން ހެދި އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މި ބިންތައް އަތުލާފައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި މި ބިންތަކާއި ޅ. އަތޮޅު ޅޮއްސަލަފުށި ޓާޓާ ކުންފުންޏަށް ދީފައިވަނީ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގ ފްލެޓު އަޅަން ޝަރުތުކޮށްފައެވެ. އެފްލެޓްތައް އެޅުމުގައިވެސް ތަފާތު މައްސަލަތައް މެދުވެރިވެ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމަށް ވެސް ވަނީ ބަދަލުތައް ގެނަސްފައެވެ.
ރައީސް ޔާމީން ވެރިކަމުގައި ނާދީ އާއި އޯޑިއޯން ބިން އަތުލީ އެ ބިންތަކުގައި މަސައްކަތް ފެށުމަށް ދީފައިވާ މުއްދަތުގައި ޓާޓާ ކުންފުނިން މަސައްކަތް ނުފެށުމުންނެވެ. ޓާޓާއިން އޭރު ނިންމާފައި އޮތީ އެ ދެ ބިމުގައި ލަގްޒަރީ ފްލެޓްތަކެއް އެޅުމަށެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރުން ވަނީ ނާދީ ބިމާއި އޯޑިއޯން ބިން އަދި ޅ. އަތޮޅު ޅޮއްސަލަފުށި ވެސް އަލުން ޓާޓާ ކުންފުންޏަށް ދޭން ނިންމާފައެވެ. އަދި މިކަމާއި ގުޅޭ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރާނެކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޓާޓާ ކުންފުންޏަށް ދީފައިވާ ބިންތައް އަތުލި މައްސަލައިގައި އެކުންފުނިން ވަނީ އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް މައްސަލަވެސް ހުށަހަޅާފައެވެ. އެކުންފުނިން ވަނީ އެއްބަސްވުން ބާތިލްކުރުމުގެ ބަދަލެއްގެ ގޮތުގައި ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފައެވެ.
ޓާޓާއާއެކު ހެދި އެއްބަސްވުން އުވާލުމުން އެ ކުންފުނިން ބުނެފައި ވަނީ ފްލެޓް އަޅަން އެ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުމަށް އަމަލުކޮށްފައިވާނެ ކަމަށާއި އެއްބަސްވުން ބާތިލްކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން މަޝްވަރާ ކުރާނެ ކަމަށާއި ހައްލެއް ނުލިބިއްޖެ ނަމަ އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ނާދީއާއި އޯޑިއޯން ބިމުގެ ބަދަލުގައި ރައީސް ޔާމިން ސަރުކާރުން އެންމެ ފަހުން ނިންމީ ހުޅުމާލެއިން އެކުންފުންޏަށް ބިން ދޭށެވެ. ނަމަވެސް އެސަރުކާރު ނިމިގެން ދިޔައީ އެމައްސަލައިގައި މުޅިން އެއްބަސް ވުމަކަށް ނުދެވެނީހެވެ.

ކިޔުންތެރިންގެ ހިޔާލު