ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ އިންތިހާބުތަކަށް މާބޮޑު އަސަރެއް ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ކޯވިޑް ފެތުރޭ ނިސްބަތް އިތުރުވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަަޅުތައް ހަރުކަށިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިއްޔެ ނިންމާފައިވަނޖކޮށެވެ. މިގޮތުން ރަށްރަށަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އެޗްޕީއޭގެ އުސޫލުތައް ހަރުކަށިކުރިނަމަވެސް އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި އެހެނިހެން ބައި އިލެކްޝަންތައްވެސް އޮންނާނެކަމަށެވެ. އަދި އެޗްޕީއޭއިން ގައިޑްލައިންތަކަށް ގެންނަމުން އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޗްޕީއޭގެ އުސޫލުތަކުގެ ތެރެއިން އިންތިޙާބު ބޭއްވުމަށްކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކަށް ބަދަލުތަކެއް ގެނަޔަސް އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބުތަކަށް މާބޮޑު އަސަަރެއް ނުކުރާނެކަމަށެވެ. އަދި ވޯޓުލާ މަރުކަޒު ސަރަހައްދުގައި ކަންކަން ކުރިއަށް ދާނީ ވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވާ ގޮތުގެ މަތީން ކަމަށާއި ކިޔުގައި ތިބެން ޖެހޭނީ ތިން ފޫޓު ދުރުމިނުގައި ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ވޯޓުލާ މަރުކަޒުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުންނާނެކަން ފުއާދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މާސްކު ނާޅާ އަންނަ ފަރާތްތައް އަނބުރާ ފޮނުވާލެވޭނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ދަނީ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށްވެސް ރަށްރަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުއެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި މީގެތެރޭގައި މިފަދަ މީހުންނާ އެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް މިއަދާއި މާދަމާ މި އުސޫލުތަކަށް އަމަލުކުރުމުގައި ލުއިތަކެއް ދޭން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު