އަހުމަދު މަސްނޫމް   10 ޖެނުއަރީ 2022 - 18:54
މިފްކޯގެ ޤާބިލްކަން މިއަދު އަމިއްލައަށް ވަޒަންކޮށްލެވިއްޖެ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު މިފްކޯއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފިއެވެ.

މިފްކޯގެ މަސައްކަތްތަކަށް ފިޝަރީޒް މިނިސްޓަރ ތައުރީފްކުރައްވާފައި މިވަނީ މިފްކޯގެ އޮޕަރޭޝަންތައް ބައްލަވާލެއްވުމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ.



މިފްކޯއަށް ކުރެއްވި ޒިޔާރަތަށްފަހު ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ގާބިލްކަން މިއަދު އަމިއްލަ ލޮލުންދެކެ ވަޒަން ކުރެވިއްޖެކަމަށެވެ. އަދި އަހަރުގެ ފަހި މަސްވެރިކަމުގައި ދެކުނަށް ބާނާ މަސް ގަތުމަށްޓަކައި އެރަށުގެ ބަނދަރު ބޮޑުކޮށް 4 ހާސް ޓަނުގެ އިތުރު ކޯލްޑް ސްޓޯރޭޖު އެރަށުގައި އަޅާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



މިފްކޯއިން އަންނަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަމުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރެއެވެ، މީގެއިތުރުން މިހާރު މިފްކޯއަށް އަނކިރާ މަހަށް އެންމެ ލަސްވެގެން 7 ދުވަހުގެ ތެރޭގައި ފައިސާދެއެވެ.



ކިޔުންތެރިންގެ ހިޔާލު