ހިލޭ ޕީސީއާރު ޓެސްޓް ހަދަން އިތުރު 2 ސެންޓަރެއް މާލެ ސަރަހައްދުގައި ހުޅުވައިފިއެވެ.
ހިލޭ ޕީސީއާރު ޓެސްޓް ހަދަން އިތުރު 2 ސެންޓަރެއް މާލެ ސަރަހައްދުގައި ހުޅުވާފައި މިވަނީ ޕީސީއާރު ޓެސްޓު ހަދަން ކިޔު ހަދާ މީހުންގެ އަދަދު އިތުރުވުމުންނެވެ.
އަލަށް ސާމްޕަލް ކަލެކްޝަން ސެންޓަރ ހުޅުވާފައިވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރިން ހިންގަމުން އައި އެފްއޭއެމް ހައުސްއާއި ތާޖުއްދީން ސްކޫލްގައެވެ.
ކޯވިޑްގެ ސާމްޕަލް ކިޔުތައް ދިގުވެފައި މިވަނީ 72 ގަޑިއިރުގެ ނެގަޓިވް ޕީސީއާރް ނަތީޖާއަކާއެކު ނޫނީ މާދަމާއިން ފެށިގެން މާލެއިން ރަށްރަށަށް ނުދެވޭގޮތަށް ނިންމުމާ ގުޅިގެންނެވެ. އެކަމާއި ގުޅިގެން ރޭ ގިނަ ބަޔަކު ވަނީ ސޯޝަލް ސެންޓަރު ސާމްޕަލް ސެންޓަރު ކައިރީގައި ކިޔު ހަދާފައެވެ.
އެފްއޭއެމް ހައުސްގައި ހުޅުވި ސާމްޕަލް ސެންޓަރު މިއަދު މެންދުރުފަހު 02:00 ގައި ވަނީ ހުޅުވާފައެވެ. މި ސެންޓަރުން ކޮންމެ ދުވަހަކު ވެސް އިރުއޮއްސި ހަޔަކާ ހަމައަށް ހިދުމަތް ލިބޭނެއެވެ.
އަނެއްކޮޅުން ސޯޝަލް ސެންޓަރުގައި ހިންގަމުން އައި ސާމްޕަލް ސެންޓަރު މިހާރު ވަނީ ތާޖުއްދީން ސުކޫލަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު