ޓާޓާގެ މަޝްރޫއުތައް ކުރިއަށްނުދިޔައީ ބަޣާވާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު، ރިކޯ މޫސަ މިއަދު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސާ މިހެން ވިދާޅުވީ ނާދީ ހުރި ބިމާއި އޯޑިއޯން ހުރި ބިން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިނުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ.
ޑރ. ޖަމީލު ވިދާޅުވީ ޓާޓާއިން ވަނީ ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވެފައިކަމަށެވެ. އަދި މި ސަރުކާރުން އެކުންފުންޏަށް ދޭ ބަދަލަކީވެސް ރައީސް ނަޝީދުގެ ދޯހަޅި ސިޔާސަތުން ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުމެއްކަމަށް ޖަމީލު ވިދާޅުވިއެވެ.
ޖަމީލުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން މޫސާ މަނިކު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ރައީސް ނަޝީދުގެ ސަރުކާރުން ފެއްޓި ޓާޓާގެ ހައުސިންގ ޕްރޮޖެކްޓްތައް ކުރިއަށްނުދިޔައީ އެމަސައްކަތް ނުފެށެނީސް އެމްޑީޕީގެ ވެރިކަން ވައްޓާލުމުން ކަމަަށެވެ. އަދި އެކަމަށް ބަދަލު ނަގަންޖެހޭނީ ބަޢާވަތްކުރި މީހުންގެ އަތުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.
'"އަޅުގަނޑު ވަރަށް ޢިޙްތިރާމްކުރާ ރައްޓެއްސެއް ވީމަ ދަންނަވަން ،މާލެ ރައްޔަތުންގެ ބޯހިޔާވަހިކަމަށް ރައީސް ނަޝީދު ސަރުކާރުން ފެއްޓިި ނާދީ އޯޑިއޯން ޕްރޮޖެކްޓް ނުފެށެނީސް ބަޣާވާތަކުން ސަރުކާރު ވައްޓާލީމަ އެކަން ނުހިނގާ އޮތީ. ބަދަލު ނަގަންޖެހޭނީ ބަޣާވާތްކުރި މީހުން އަތުން. މާލޭގެ ބޯހިޔާވަހިކަމާއި ދެކޮޅުނުހަދާ." ރީކޯ މޫސަ "އެވިދާޅުވާ ބަޣާވާތް" ކުރި ކަމަށް ތުހުމަތުކުރާ ސިޔާސީ ލީޑަރުންނާއެކު އެކުލަވާލާފައިވާ ސަރުކާރު ދިފާޢު ކުރަށްވައި މޫސަ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި މި ބިންތަކާއި ޅ. އަތޮޅު ޅޮއްސަލަފުށި ޓާޓާ ކުންފުންޏަށް ދީފައިވަނީ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގ ފްލެޓު އަޅަން ޝަރުތުކޮށްފައެވެ. އެފްލެޓްތައް އެޅުމުގައިވެސް ތަފާތު މައްސަލަތައް މެދުވެރިވެ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމަށް ވެސް ވަނީ ބަދަލުތައް ގެނަސްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ނާދީ މއާއި އޯޑިއޯން ބިން އަތުލީ އެ ބިންތަކުގައި މަސައްކަތް ފެށުމަށް ދީފައިވާ މުއްދަތުގައި ޓާޓާ ކުންފުނިން މަސައްކަތް ނުފެށުމުންނެވެ. ޓާޓާއިން އޭރު ނިންމާފައި އޮތީ އެ ދެ ބިމުގައި ލަގްޒަރީ ފްލެޓްތަކެއް އެޅުމަށެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރުން ވަނީ ނާދީ ބިމާއި އޯޑިއޯން ބިން އަދި ޅ. އަތޮޅު ޅޮއްސަލަފުށި ވެސް އަލުން ޓާޓާ ކުންފުންޏަށް ދޭން ނިންމާފައެވެ. އަދި މިކަމާއި ގުޅޭ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރާނެކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު