މާލެ ސިޓީ ސަލާމަތީ ގޮތުން ކުއްލި ހާލަތަކަށް އަންނަޖެހުނު ސަބަބު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ސާފުކޮށްދިނުމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ގޮވާލައްވަައިފިއެވެ.

މާލޭ ސަރަޙައްދުގައި ކޮވިޑް ފެތުރޭ ނިސްބަތް ފަސް ޕަސެންޓަށް ވުރެ އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ކަމަށް ނިއްމާފައެެވެ.

އެކަމާ ގުޅިގެން އަތޮޅުތެރެއަށް ދަތުރުކުރުމަށް ބޭނުންވާ ގިނަ ފަރާތްތަކަކުން ވަނީ ޕީސީއާރު ޓެސްޓް ހެދުމަށް ސޯޝަލް ސެންޓަރާއި ސެނެހިޔާ ހޮސްޕިޓަލް ކައިރީގައި ކިޔޫ ހަދާފައެވެ. އެވަގުތާ ދިމާކޮށް ސަލާމަތީ ބާރުތަކުން ރޭ ވަނީ އޮޕަރޭޝަނެއް ވެސް ފަށާފައެެވެ.

އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، އަތޮޅުތެރޭގެ އެތައް ރައްޔިތުން ތަކެއް މާލޭގައި ކުއްލިގޮތަކަށް ތާށިވާގޮތައް ސަލާމަތީގޮތުން އެފަދަ ކުއްލިޙާލަތަށް މާލެތެރެ އަންނަންޖެހުނު ސަބަބު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.



"އެފަދަ ޙާލަތެއް އޮތްނަމަ މަޖިލިސްގެ ސަލާމަތާއިބެހޭ ކޮމެޓީގެސަމާލުކަމަށް ގެނެވެންޖެހޭ." ސައީދު ވިދާޅުވިއެެވެ.

ދިވެހި ސިފައިންނާއި ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު "ގުޅިގެން"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފެށި އޮޕަރޭޝަނެއް ކަމަށް އަޑު ފެތުރުނު ނަމަވެސް އެ އޮޕަރޭޝަނާއި ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ދެ މުއައްސަސާއިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގައި ސަލާމަތީ ޚިދުމަތްތަކުގެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ވިލިމާލޭގައި ފުލުުހުން ހިންގި އެންޓި-ޓެރެރިޒަމްގެ އޮޕަރޭޝަނެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު