މާލެ ސިޓީގެ ކޮންމެ ބްލޮކެއް ނުވަތަ ކޮށްޓަކުން އެ ކޮށީގެ ވެރިޔާގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް ހޮވަން ސިޓީ ކައުންސިލުން ނިންމި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ބަންޑާރަ ނައިބް އޮފީހުން ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލަފާ ދީފިއެެވެ.
މާލޭ ސިޓީ ކައުންސިލުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި ބުނެފައިވަނީ ސިޓީ ކައުންސިލާއި ރައްޔިތުންނާ ދެމެދުގައި މެދުވެރިންގެ ދައުރު އަދާކުރުމަށް މާލެ ސިޓީގެ ކޮންމެ ކޮށްޓަކުން ވެރިޔަކު އިންތިޚާބުކުރަންޖެހޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ބްލޮކްވެރިން ހަމަޖައްސަން ސިޓީ ކައުންސިލުން ވަނީ މަސައްކަތް ވެސް ފަށާފައެވެެ.
ޓީވީ ޕްރޮގުރާމެއްގައި ވާހަަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބްލޮކްވެރިން ހޮވުމުގެ ހުއްދައަށް އެލްޖީއޭގައި އެދުމުން ބަންޑާރަނައިބުގެ ލަފައެއް އެލްޖީއޭއިން ހޯދި ކަމަށެވެ. އެހެން ނަަމަވެސް ބަންޑާރަނައިބުގެ އޮފީހުން ބްލޮކްވެރިން ނުހޮވޭނެ ކަމަށް ލަފާ އަރުވާފައިވާ ކަމަށް އެލްޖީއޭއިން ބުނެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެބޭފުޅުން (ބަންޑާރަ ނައިބް) ދެއްވާފައި އޮތް ތަފުޞީލުގައި މިއޮންނަނީ ކައުންސިލަރުން ހޮވާފައޭ މިތިބީ ރައްޔިތުން. އެހެންވީމަ އިތުރު ބަޔަކު ނުހޮވޭނޭ،" މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުން ދީފައިވާ ލަފައަކީ އެކަމާ އެއްގޮތަކަށްވެސް އެއްބަސްވެވަޑައިގެންނެވޭނެ ލަފައެއް ނޫން ކަމަށެވެ. ބްލޮކްވެރިންނަކީ ކައުންސިލަރުންގެ ބެލުމުގެ ދަށުން ކައުންސިލަރުންނާއެކު މަސައްކަތްކުރާ ބައެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެއީ ކައުންސިލަރުންގެ ޒިންމާތަކެއް އަދާކުރުމަށް ހޮވާ ބައެއް ނޫންކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
އެކަމުގައި އިތުރަށް ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެެ. ބްލޮކުވެރިން ހޮވުމަށް ޚާއްޞަ އުސޫލެއްވެސް ސިޓީ ކައުންސިލުން ވަނީ އެކުލަވާލާފައެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ބްލޮކްވެރިން ހޮވަން ނިއްމީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ފަސޭހައިން ދެނެގަތުމުގެ މަޤުޞަދުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު