ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) ތަންފީޒުކުރުން އަވަސްކުރަން ދެ ގައުމުންވެސް މަސައްކަތްކުރާނެކަަމަށް ޗައިނާގެ ހާރިޖީ ވޫޒާރާއިން ހާމަކޮށްފިއެވެ.
ޗައިނާގެ ހާރިޖީ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗައިނާގެ ހާރިޖީ ވުޒާރާގެ ސްޕޯކްސްޕާސަން ވަންގ ވެންބިން ވިދާޅުވީ ޗައިނާގެ ހާރިޖީ ވަޒީރު ވަންގ ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މިގޮތުން ދެ ގައުމުން 2017 ވަނަ އަހަރު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްވަރާތަކުގެ ތެރެއިން ފްރީ ޓްރޭޑް އެގްރިމެންޓް ތަންފީޒުކުރުން އަވަސްކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރިކަމަށް ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ގާއިމްކުރި ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލުކުރުން އަވަސްކުރުމަށް މަޝްވަރާކުރަމުންދާކަމަށް ޗައިނާއިން ބުނާއިރު، ރައީސް ސާލިހުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ނިންމެވީ އެ އެގްރިމަންޓް މުރާޖައާކުރުމަށްފަހު ނޫނީ އެގްރިމަންޓަށް އަމަލުނުކުރާށެވެ.
ރައީސް ސާލީހުގެ ސަރުކާރުގެ މާލީ އަދި އިގްތިސާދީ ވަޒީރުން ކުރިން ވިދާޅުވީ މި އެގްރިމަންޓުން ހުރިހާ ފައިދާއެއް އޮތީ ޗައިނާއަށްކަމަށާއި، ރާއްޖެއަށް އެއިން ކުރާނެ މާބޮޑު ފައިދާއެއް ނެތްކަމަށެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކާއި ރާއްޖެއާ އޮންނަ ވިޔަފާރީގެ ގުޅުންތަކަށް ބުރޫއެރުމުގެ ފުރުސަތު އޮތުން އެކަށީގެންވާކަމަށްވެސް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.
އެހެންކަމުން ޗައިނާގެ ހާރިޖީ ވަޒީރުގެ ދަތުރުފުޅަށްފަހު، ޗައިނާއާއި ރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި މެދު އަމަލުކުރާނެ ކޮންމެވެސް ގޮތެއް ނިންމަވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު