ގުޅިފަޅުން ފްލެޓް ގަންނަން ފައިސާދެއްކި މީހުންގެތެރެއިން ހިޔާ ފްލެޓަށް ބަދަލުކުރަން އެދިފައިވާ މީހުންނަށް ލިބޭ ފްލެޓު ކަނޑައެޅުމަށް ގުރުނެގުން މިއަދު ބޭއްވުމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިއްމައިފިއެވެ.
އެޗްޑީސީން ބުނީ ގުޅިފަޅުން ފްލެޓް ލިބި، ހިޔާއަށް ބަދަލުކުރާ ހަތް މީހަކާއި، މީގެ ކުރިން ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ތިރީ ފަންގިފިލާއެއް ހަމަޖައްސާ މީހަކަށް މިއަދު ގުރު ނެގުން އޮންނާނެ ކަމަށެވެ. މީގެ ތެރެއިން ތިރީ ފަންގިފިލާއަށް ބަދަލު ކުރަނީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަށް ނިސްބަތްވާ މީހެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ފްލެޓްގެ ވެރިފަރާތަށް ތިރީ ފަންގިފިލާއިން ފްލެޓެއް ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީން އެޗްޑީސީއަށް މައުލޫމާތު ފޮނުވުމަށް ފަހު އަންގާފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
މިއަށް މީހުންގެ ފްލެޓް ގުރު ނެގުން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 12 ޖަހާއިރުއެވެ.
ގުރުނެގުން ކުރިއަށް ދާނީ އެ އަށް މީހުންގެ އައިޑީކާޑް ނަންބަރު ތަރުތީބުން ކަމަށް އެޗްޑީސީން މައުލޫމާތުދެެއެެވެ.
މީގެ އިތުރުން އެޗްޑީސީން ބުނެފައިވަނީ ގުރުނަގާ މީހުންގެ އަދަދު މަދުވުމާއެކު، ގުރުނަގާނީ އެމީހުން ހާޒިރު ކޮށްގެން ކަމަށެވެ.
ގުރުނެގުން އެޗްޑީސީގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު