ވެކްސިންޖަހާފައިވާ މީހުންގެ ކަރަންޓީން އަދި އައިސޮލޭޝަން މުއްދަތު 10 ދުވަހަށް ކުޑަކުރުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވާ މީހުން އައިސޮޅޭޓްކުރާ މުއްދަތާއި ކަރަންޓީންކުރާ މުއްދަތު ރިވިއުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން ކޯވިޑަށް ޕޮޒިޓިވްވާ މީހުން މިހާރު 14 ދުވަހަށް އައިސޮލޭޓްކުރާއިރު، ކުރިއަށްއޮތްތަނުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ކިބައިން އަލާމާތެއް ނެތް މީހުން އައިސޮޅޭޓްކުރާނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން 10 ދުވަހަށްކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައި، އަދި ބަލީގެ އަލާމާތެއް ނުފެންނަ މީހުންގެ ކަރަންޓީން މުއްދަތުވެސް 10 ދުވަހަށް ކުޑަކޮށްފައިވާކަމަށެވެ. އަދި އެމީހުން އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީން ނިމުމުން ޓެސްޓެއް ހަދާކަށް ނުޖެހޭނެކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
މީގެއިތުރުން ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންނަށް އިތުރު ގޮތެއްވެސް އެބައޮތެވެ. އެއީ ކަރަންޓީންވާތާ 5 ދުވަހުން ފަހުން ޓެސްޓް ހެދުމަށްފަހު، ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީން ނިމުމެވެ.
ނަޒްލާ ވިދާޅުވީ ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް އޮންނާނީ ކުރިންވެސް އޮތް އުސޫލުކަމަށެވެ. އެގޮތުން އެ ފަރާތްތަކުން ކަރަންޓީންވާން ޖެހޭނީ 14 ދުވަހަށްކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި 14 ދުވަސް ހަމަވުމުން ކަރަންޓީން ނިމޭނީ ޕީސީއާރު ޓެސްޓެއް ހަދައިގެން ނަތީޖާ ނެގެޓިވްވުމުންނެވެ.
ނަމަވެސް އައިސޮލޭޝަނާއި ކަރަންޓީންވުމާއި ގުޅޭގޮތުން ހުރި އެހެން އުސޫލުތަކަށް ކުރިއެކޭ އެއްގޮތަށް އަމަލުކުރަމުންދާނޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު