ށ. އަތޮޅު ކޮމަންޑޫއާއި އެރަށު ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ހުކުރު ދުވަހު ފަށާއިރު މިއީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. އަދި އެންމެފަހުން މިދިޔަ ހަފްތާގައި އެރަށަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވެސް ރައީސް ސާލީހު ވަނީ ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ޕްލޭންތައް މިހާރު ހަދައި ނިމިފައިވާކަމަށާ، އެމަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ވިދާޅުވެފައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީން ބުނީ ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް ހުކުރު ދުވަހު ފަށާނެކަމަށެވެ. އަދި އެ ދެރަށް ގުޅާލާނީ ލިންކަކުންކަމަށާއި 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-ލެކްޝަން ބޯމަތިވެފައި ވަނިކޮށް އެ ދާއިރާގެ މަޝްރޫއުތަކެއް ފަށަން ނިންމުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ރައީސް ސާލިހު ވިދާޅުވީ އެ މަޝްރޫއުތަކާއި ކެމްޕޭނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެއީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ ކޮމަންޑޫގެ ބޯހިޔާވަހި ކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫއާއި ގުޅާލުން ކަމަށެވެ.
ކޮމަންޑޫގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކޮމަންޑޫގައި ހިއްކާފައިވާ ކުޑަ ބިންކޮޅުން ގޯތި ދޫކުރާނެ ކަމަށެވެ. ގާނޫނީ ގޮތުން އެކަން ކުރެވޭނީ ކޮމަންޑޫ ކައުންސިލުން އެރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުން ކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަށް ކޮމަންޑޫން ގޯތި ދޫކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.
ކޮމަންޑޫ ކައިރީގައި ޓޫރިޒަމްގެ މަސައްކަތް ފެށިގެން ދިޔުމަކީ ވެސް ކޮމަންޑޫ ރައްޔިތުން އެދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ އެރަށުގެ ކައިރީގައި އޮތް ރަށްފަތި ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުމުގެ މަސައްކަތް ކެމްޕޭނާ ގުޅުވިޔަސް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު