މި ހިނގާ ޖެނުއަރީ މަހުގެ ފަހުކޮޅު ނުވަތަ އަންނަ ފެބުރުއަރީ މަހުގެ ކުރީކޮޅު ކޮވިޑްގެ ޕީކެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީގެ) ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަ ދައްކަވަމުން ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިހިނގާ ޖެނުއަރީ މަހުގެ ފަހުކޮޅު ނުވަތަ އަންނަ ފެބުރުއަރީ މަހުގެ ކުރީކޮޅު ކޮވިޑްގެ ޕީކެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއިން އޮމިކްރޮން ވޭރިއަންޓް ފެނިފައިވާތީ، ޑެލްޓާ ވޭރިއަންޓަށް ވުރެ ބަލި ޖެހޭ މީހުން އިތުރުވެގެން ހިގައިދާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"ގާތްގަނޑަކަށް ޖެނުއަރީ މަހުގެ ފަހުކޮޅާ ހަމަޔަށް ދާއިރު ނޫނީ ފެބުރުއަރީ މަހުގެ ކުރީކޮޅު ހަމަ ޕީކެއް ފެންނާނެ ކަމަށް ޕްރޮޖެކްޝަންތަކުން މި ދައްކަނީ، މި ޕީކް ފެންނާނީ ހަމައެކަނި މާލެއަކުން ނޫން މުޅި ރާއްޖޭގައި، މާލޭގައި ފުރަތަމަ ކޭސްތައް ފެނުނުކަމުގައި ވިޔަސް މުޅި ރާއްޖޭގައި ކޭސްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެނީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް މިހާރުވަނީ ފެނިފައެވެ. އޮމިކްރޮން ވޭރިއަންޓް ފެނުނު ރަށްރަށުގެ ތެރޭގައި މާލޭގެ އިތުރުން މާފުއްޓާއި، ކުޑަހުވަދޫ ހިމެނެއެވެ.
ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، އޮމިކްރޯނަށް މި ހަފްތާގައި ހަތް ދިވެހިން ޕޮޒިޓިވް ވެފައިވާއިރު މިދިޔަ ހަފްތާގައި ވެސް ދިވެއްސަކު އެ ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިހާތަނަށް އޮމިކްރޮން ވޭރިއަންޓް ޖެހިފައިވާ 8 ދިވެހިން ފާހަގަވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު