ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހުމަދު އަޝްރަފް އައްޔަންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހުމަދު އަޝްރަފް އައްޔަންކުރީ ސިވިލް ސަރވިސް ކޮމިޝަނުންކަމަށެވެ. އަދި އޭނާ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އާދީއްތަދުވަހުކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ޔޫކްރެއިިންގެ ސްޓޭޓް މެޑިކަލް ޔުނިވާސިޓީން އިންޓާނަލް މެޑިސިން ހައްދަވާފައިވާ ޑރ. އަޝްރަފް ވަނީ ސިއްހީ ދާއިިރާގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ. އޭނާ ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅިވަޑައިގަތީ 1995 ވަނަ އަހަރު އައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ. އޭނާ ވަނީ ނޮދާން ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުކަމާއި ހުޅުމާލެ ހޮސްޕިޓަލުގެ އިސް މަޤާމްތައް ފުރުއްވާފައެވެ.
ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހުމަދު އަޝްރަފް އައްޔަންކޮށްފައިވާއިރު އެމަޤާމުގެ މުސާރައަކީ 70000 ރުފިޔާއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސިއްޙީ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނުތައް ހެދުމަށް މިނިސްޓްރީއަށް ލަފާދިނުމާއި ސިޔާސީ ގޮތުންނާއި ފަންނީ ގޮތުން ކަނޑައަޅާ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް އިރުޝާދު ދިނުން ހިމެނެއެވެ.
ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ޑރ. އަޝްރަފްގެ ކުރިން އެންމެ ފަހުން ފުރުއްވީ ޑރ. ޝީޒާ އަލީއެވެ. ޑރ. ޝީޒާ އެމަޤާމުން ވަކިވެވަޑައިގެންފައި ވަނީ އެ މަގާމަށް ކަނޑައަޅާފައިވާ 4 އަހަރުގެ ދައުރު ހަމަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު