ރާއްޖޭގައި ވީހާވެސް އަވަހަށް ކޯވިޑްގެ ބޫސްޓަރ ޑޯޒްޖެހުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖޭގައި މި ދުވަސްވަރު ކޯވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޯވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މެންބަރުން މަޝްވަރާކުރެއްވިއެވެ.



ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާކަމަށް ސިއްހީ މާހިރުން ބުނަމުންދާއިރު، އެކަމާއި ގުޅޭގޮތުން ފިޔަވަޅުތައް ވަރުގަދަކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ރާއްޖޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަރުގަދަކޮށް، މާލެއިން ރަށްރަށަށް ދަތުުރުކުރާއިރު ޕީސީއާރު ޓެސްޓެއް ހެދުންވެސް ވަނީ މަޖުބޫރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު