ފޮރިން މިނިސްޓަރ އަބްުދުﷲ ޝާހިދާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދު ފޮރިން މިނިސްޓްރީގައެވެ. މިބައްދަލުކުރެއްވުމަކީ އިންޑިއާ ސަފީރު މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ފޮރިން މިނިސްޓަރ އަބްުދުﷲ ޝާހިދާއެކު ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުކުރެއްވުމެވެ.
މިބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ އިންޑިއާ ސަފީރަށް މަރުހަބާ ދަންނަވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ތިން އަހަރުދުވަހުގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާ މިންވަރު ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޯވިޑްގެ ދަތި ހާލަތުގައި ވެދިން އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއްކަމަށް ވިދާޅުވެފައެވެ.

High Commissioner of India to Maldives, H.E. Munu Mahawar paid a courtesy call on the Minister of Foreign Affairs of Maldives H.E. @abdulla_shahid
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 11, 2022
📃 Press Release | https://t.co/MwQmFkDSrV pic.twitter.com/1miSq764kl
މިބައްދަލުކުރެއްވުމުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ތިން އަހަރުދުވަހުގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާ މިންވަރު ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކޯވިޑްގެ ދަތި ހާލަތުގައި ވެދިން އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި އިންޑިއާއަކީ އަބަދުވެސް ރާއްޖެއިން ބަރޯސާވެވޭނެ ފަދަ ގައުމެއްކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު