އަހުމަދު މަސްނޫމް   12 ޖެނުއަރީ 2022 - 16:6
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގ ހުރަވީ ބިލްޑިންގ ޢިމާރާތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ތަޅާލާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހުރަވީ ބިލްޑިންއަކީ ބާވެ، ރައްކާތެރި ތަނަކަށް ނުވުމާއެކު އެ ޢިމާރާތް މިހާރު ވަނީ ހުސްކޮށް އެތަނުގައި ހިންގަމުން އައި އޮފިސްތައްވެސް އެހެން ޢިމާރާތްތަކަށް ބަދަލުކޮށްފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ހުރަވީ ބިލްޑިން ޢިމާރާތް ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ތެރޭގައި ތަޅާލާނެކަމަށެވެ. އަދި އެ ޢިމާރާތް ތަޅާލާ އެތަނުގައި ޕާކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށާއި އަދި އެ ޕާކް ތަރައްޤީކުރަނީ ޕާކް ކުރެވޭނެ އިންތިޒާމްތަކާއެކުކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ހުރަވީ ބިލްޑިން ބާވެ އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައެޅިނަމަވެސް އެތަނުގައި ހުރި އޮފީސްތައް ބަދަލުކުރާނެ ތަނެއް ނެތުމުން ވަރަށް ގިނަ ދުވަސްވަންދެން އެ އިމާރާތުގައި އޮފީސްތައް ހިންގިއެވެ. އެ އިމާރާތުގައި ހިންގި އޮފީސްތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައްވެސް ހިމެނެއެވެ.

ހުރަވީ ބިލްޑިންގއަކީ އަކިރި ބޭނުންކޮށްގެން 4 ފަންގި ފިލާއަށް ޑެކް އަޅައިގެން ޢިމާރާތްކޮށްފައިވާ ޢިމާރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު