ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ރައީސް ޔާމިންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ. ކްރިމިނަލް ކޯޓުގެ ޝެޑިއުލް ބުނާގޮތުން މާދަމާ ބޭއްވުމަށް ތާވަލްކޮށްފައިވަނީ ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ދައުވާއާއި ރިޝްވަތު ގަބޫލު ކުރި ކަމުގެ ކުށުގެ ދައުވާގެ އަޑުއެހުމެކެވެ.
ފުލުހުން ބުނެފައިވަނީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ފުލުހުން މައްސަލަ ޕީޖީއަށް ފޮނުވި ނަމަވެސް ފުލުހުން މައްސަލަ ތަހްގީގު ކުރުމުގައި ގޯސްތަކެއް ހަދާފައި އޮތުމުން ޕީޖީ މައްސަލަ އަނބުރާ ފުލުހުންނަށް ވަނީ ފޮނުވާލާފައެވެ. އޭގެ ފަހުން މައްސަލަ ތަހްގީގު ކުރަން ތިން ފަހަރަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ނަމަވެސް އެމައްސަލައަކީ ތަހްގީގު ނިންމައި ބަޔާންތަކުގައި ސޮއި ކުރައްވާފައިވާ މައްސަލައަކަށް ވާތީ އިތުރަށް ދެއްވާނެ ބަޔާނެއް ނެތް ކަމަށް ވިދާޅުވެ ފުލުހުންނަށް ބަޔާން ދެއްވަން އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފައެވެ.
ރައީސް ޔާމިންގެ މައްޗަށް އަލުން ދައުވާ ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެެވެ. އެމައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންވެސް މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު