ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިކުރާ މުއްދަތު 7 ދުވަހަށް ކުޑަކުރަން އެޗްޕީއޭއިން ނިންމައިފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިކުރާނީ 7 ދުވަހުގެ މުއްދަތަށްކަމަށެވެ. ނަމަވެސް ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުންކަމަށްވެސް އިއުލާންގައިވެއެވެ.
އެޗްޕީއޭއިން ބުނީ 7 ދުވަސް ހަމަވުމުން ބައެއް ފަރާތްތަކުން އެންޓިޖެން ޓެސްޓު ހަދަންޖެހޭނެކަމަށެވެ. މި ޓެސްޓް ހަދަންޖެހޭ ފަރާތްތަކަކީ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އައިސޮލޭޝަން މުއްދަތަށް ބަދަލު ގެނެސްފައިވާއިރު، ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ކަރަންޓީނަށް ބަދަލެއް ނުގެނެއެވެ. އެކަމުގައި އޮތީ އެންމެފަހުން އާއްމުކުރި އުސޫލެވެ.
ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައި، އަދި ބަލީގެ އަލާމާތެއް ނުފެންނަ މީހުންގެ ކަރަންޓީން މުއްދަތު ވަނީ 10 ދުވަހަށް ކުޑަކޮށްފައެވެ. އަދި އެމީހުން އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީން ނިމުމުން ޓެސްޓެއް ހަދާކަށް ނުޖެހޭނެއެވެ. މީގެއިތުރުން ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންނަށް އިތުރު ގޮތެއްވެސް ހަމަޖައްސާފައި ވެއެވެ. އެފަދަ މީހުން ކަރަންޓީންވާތާ 5 ދުވަސް ފަހުން ޓެސްޓް ހެދުމަށްފަހު، ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީން ނިމޭނެއެވެ.
ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް އޮންނާނީ ކުރިންވެސް އޮތް އުސޫލެވެ. އެގޮތުން އެ ފަރާތްތަކުން ކަރަންޓީންވާން ޖެހޭނީ 14 ދުވަހަށެވެ. އަދި 14 ދުވަސް ހަމަވުމުން ކަރަންޓީން ނިމޭނީ ޕީސީއާރު ޓެސްޓެއް ހަދައިގެން ނަތީޖާ ނެގެޓިވްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު