ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި އިނގިރޭސިވިލާތުގެ ފްލިމަތު ޔުނިވަރސިޓީ ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ހިންގުން ހަރުދަނާކޮށް، ތައުލީމީ ޕްރޮޖެކްޓްތަކުގައި ދެ ފަރާތުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ގައުމީ ޔުނިވަރސިޓީން ބުނެއެވެ. މީގެއިތުރުން ޔުނިވަރސިޓީން ކުރިއަށްގެންދާ ދިރާސާތަކުގައިވެސް އެއްބާރުލުންދޭނެއެވެ.
ގައުމީ ޔުނިވާސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗަންސެލާ މުހައްމަދު ޝަރީފެވެ. އަދި ޕްލިމަތު ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮފެސަރު ޑރ. ގާޑް މެސަލިންކެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގައި ކިޔަވާ ކުދިންނާއި މުވައްޒަފުން ބަދަލުކުރުމުގެ ހާއްސަ ޕްރޮގްރާމެއްވެސް ހިންގާނެއެވެ. މި ޕްރޮގްރާމުގެ ދަށުން ގައުމީ ޔުނިވާސިޓީގައި ކިޔަވާ ކުދިންނަށް ޕްލިމަތަށް ގޮސް އެ ޔުނިވާސިޓީގެ ކިޔެވުމުގެ މާހައުލު ތަޖުރިބާ ކުރެވޭނެކަމަށް ގައުމީ ޔުނިވަސިޓީން ބުނެއެވެ.

At a ceremony held today (12th January 2022) at MNU, an MoU was signed between MNU and University of Plymouth to promote cooperation between the two Universities on educational projects and areas of mutual interest. pic.twitter.com/xvTVXYSGJD
— The Maldives National University (@MNUedu) January 12, 2022
ގައުމީ ޔުނިވާސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗަންސެލާ މުހައްމަދު ޝަރީފެވެ. އަދި ޕްލިމަތު ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮފެސަރު ޑރ. ގާޑް މެސަލިންކެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގައި ކިޔަވާ ކުދިންނާއި މުވައްޒަފުން ބަދަލުކުރުމުގެ ހާއްސަ ޕްރޮގްރާމެއްވެސް ހިންގާނެއެވެ. މި ޕްރޮގްރާމުގެ ދަށުން ގައުމީ ޔުނިވާސިޓީގައި ކިޔަވާ ކުދިންނަށް ޕްލިމަތަށް ގޮސް އެ ޔުނިވާސިޓީގެ ކިޔެވުމުގެ މާހައުލު ތަޖުރިބާ ކުރެވޭނެކަމަށް ގައުމީ ޔުނިވަސިޓީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު