ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކަށް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފިއެވެ.
މި ޝަރީއަތް އޮތީ މިއަދު 9:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެވެ. ނަމަވެސް މިއަދުގެ ޝަރީއަތް ކޯޓުން ކެންސަލްކުރި ސަބަބެއް ނާންގައެވެ.
މިދަޢުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން 6 ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ރިޝްވަތުހިފުމާއި މަނީ ލޯންޑަރިންއާ ގުޅޭ ދައުވާތައް ހިމެނެއެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނިހާން މެމްބަރަކަށް ހުންނެވިއިރު އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތުގައި ރިޝްވަތަށް އެދިވަޑައިގެން، އަދި އަދީބު ދީފައިވާ ރިޝްވަތުގައި ވަނީ ހިއްޕަވާފައެވެ.
ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ޝަރީއަތުގައި އެދިފައެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓާއި ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު