ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް އެއްވެސް ބާވަތެއްގެ ކެމިކަލެއް ޖަހާފައި ނުވާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިހެން ބުނެފައި މިވަނީ ޖުމްހޫރީ މައިދާނު ސަރަހައްދުން ފެންނަ ކޮތަރުތަކުން ގޮތްނޭނގޭ ބައްޔެއް ފެންނަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިފައިވަނިކޮށެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އެއީ ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ކެމިކަލް ޖެހުމުންދިމާވެގެން އުޅޭ ކަމެކެވެ.
ނަމަވެސް ސިޓީ ކައުންސިލުން ބުނީ ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުން ނުކުރާ ކަމަށެވެ. އަދި ވިނަތައް ބެލެހެއްޓުމަށް ފެންޖެހުން ފިޔަވާ އިތުރު ކަމެއް އެ ކައުންސިލުން ނުކުރާކަމަށްވެސް ބުންޏެވެ.
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއް ކަމެއް އަދި ނޭނގެއެވެ. ނަމަވެސް އީޕީއޭއިން ދަނީ ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއްތޯ ބަލަމުންނެވެ.

ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އެއްވެސް ބާވަތެއްގެ ކެމިކަލް އެއް ބޭނުންކުރަމުން ނުދޭ. ވިނަތައް ބެލެހެއްޓުމަށް ފެންޖެހުން ފިޔަވާ އިތުރު ކަމެއް މި ކައުންސިލުން ނުކުރާ ކަމުގައި ދަންނަވަން.
— Male' City Council (@MaleCitymv) January 12, 2022
ނަމަވެސް ސިޓީ ކައުންސިލުން ބުނީ ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުން ނުކުރާ ކަމަށެވެ. އަދި ވިނަތައް ބެލެހެއްޓުމަށް ފެންޖެހުން ފިޔަވާ އިތުރު ކަމެއް އެ ކައުންސިލުން ނުކުރާކަމަށްވެސް ބުންޏެވެ.
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއް ކަމެއް އަދި ނޭނގެއެވެ. ނަމަވެސް އީޕީއޭއިން ދަނީ ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއްތޯ ބަލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު