ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ބިދޭސީ މީހާ ހައްޔަރުކުރީ ބޭރު ފައިސާ ވިއްކައިގެން ލިބުނު ފައިސާ ޖަމާކުރަން ގޮސް ހުއްޓާ ކަމަށެވެ. އުމުރުން 28 އަހަރުގެ މި މީހާގެ މައްޗަށް ފުލުހުން ވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ތުހުމަތު ކޮށްފައެވެ.
ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ މިމައްސަލައިގައި ހައްޔަރުކުރި މަނިކް މިއާ އަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އައުމަށް ފަހު 2020 ވަނަ އަހަރު، އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް ކަމަށާއި އެކަން ފުލުހުންނަށް ކުރިން ހުށަހަޅާފައިވާކަމަށެވެ. ސްޕޮންސަރު ނުވަތަ ވަޒީފާ ހަމަޖައްސައިދިން ފަރާތުން ވަނީ މި މީހާ ރާއްޖޭން ފޮނުވާލަދޭން އެދިފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަނިކް މިއާ އަކީ ބޭރު ފައިސާ ގަނެވިއްކާ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. މީގެ ކުރިން ވެސް ބޭރު ފައިސާ ގަނެ ވިއްކާ ބައެއް ބިދޭސީން އަތުލައިގަނެ ފުލުހުން ވަނީ އެމީހުން ޑީޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު