އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭ ފަދަކަމެއް ކޮށްފައި ނޯންނާނެކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.
އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ، އިސްލާމިކް މިނިސްޓަރަށް ނާންގާ ރާއްޖެއިން ބޭރަށް ދަތުރުތަކެއްް ކުރިކަމަށް ބުނެ، އޭނާއާ މެދު ފިޔަވަޅު އަޅައިދޭން އިސްލާމިކް މިނިސްޓަރ، ރައީސް ސާލިހުގެ އަރިހުގައި ރަސްމީކޮށް ސިޓީއަކުން ދަންނަވާފައިވަނިކޮށެވެ.
ރައީސް ސާލިހަށް އިސްލާމިކް މިނިސްޓަރ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކީރިތި ގުރުއާނާބެހޭ މަރުކަޒާ ހަވާލުވެވަޑައިގެން ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލާއި ހިލާފަށް، މިނިސްޓަރަށް ނާންގާ ރަސްމީ ކަމެއްގައި ރަށުން ބޭރަށް ދަތުރުކުރަށްވާފައިވާކަމަށެވެ. އޭނާ ވަޑައިގަތް ބައްދަލުވުމަކީ މިދިޔަ ޑިސެމްބަރުމަހުގެ 4 އިން 8 އަށް ޔޫއޭއީގައި އޮތް އެސެމްބްލީ އޮފް ދަ ފޯރަމް ފޯ ޕްރޮމޯޓީން ޕީސް އިން މުސްލިމް ސޮސައިޓީގެ 8 ވަނަ ބައްދަލުވުމަށް ފޮނުވާފައިވާ ދައުވާތަކާއި ގުޅިގެން އިލްޔާސް ކުރެއްވި ދަތުރުފުޅެކެވެ.
ނަމަވެސް 2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޑރ. ޒާހިރުކަން ރައީސަށް ފޮނުއްވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުާއި ހިލާފަށް އިލިޔާސް އަމަލުކޮށްފައިވާތީ، އެކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އުސޫލުތަކުގެ ތެރެއިން އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓަރު ވަނީ ރައީސް އަރިހުގައި ދަންނަވާފައެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން މީޑިއާތަކާއި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އިލްޔާސް ވިދާޅުވީ ފިޔަވަޅު އަޅަން ރައީސަށް ފޮނުވިކަން އެނގިވަޑައިގަތީ މީޑިއާއިން ކަމަށާއި އޭގެކުރިން އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމަށެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަދަކަމެއްވެސް ކުރަށްފައި ނޯންނާނެކަމަށް އިލްޔާސް ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރަށް ނޭނގި ދަތުރެއް ކުރެއްވި ވާހަކައާ ގުޅޭގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ސަރުކާރުގެ ސިޔާސީ މަގާމްތަކަކަކީ ޕާޓީތަކެއްގެ މެދުގައި ބަހާފައި އޮތް މަގާމްތަކަކަށްވުމުން ބައެއް ވުޒާރާތަކުގައި ވެރިންގެ ގޮތުގައި އެކި ޕާޓީތަކުން އަންނަ ބޭފުޅުންނާއި އެކި ސިޔާސީ ފިކުރުގެ ބޭފުޅުން ތިއްބަވައެވެ. އަދި ބައެއް ފަހަރު އެ ބޭފުޅުންގެ މެދުގައި ކޯޅުން ބޮޑުވެ، ވުޒާރާތައް ހިންގުމަށް ހުރަަސް އެޅޭ މަންޒަރު ވެސް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު