ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން އިދިކޮޅު އިއްތިހާދުގެ ހުރި ކަންބޮޑުވުންތައް އިލެކްޝަން ކޮމިޝަނަށް މިއަދު ހުށައަޅާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެެވެ. މާލޭ ސިޓީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެކޯލިޝަންގައި ހުރި ކަންބޮޑުވުންތައް އިލެކްޝަން ކޮމިޝަނާ މިއަދު ހިއްސާ ކޮށްފައިވާ ކަމަށާއި، އެކަންކަން މިއަދު ލިޔުމުން ވެސް އެކޮމިޝަނަށް ހުށައަޅާނެ ކަމަށެވެ.
ޝުޖާއު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން ވަކިވުމާ ގުޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވަން ހިންގާ ކަންކަން ހުށަހަޅާނެ ތަނެއް ނެތް ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއި ބައްދަލު ކުރުމުން ސައްތައިން ސައްތަ މިނިވަން އިންސާފުވެރި އިންތިޚާބެެއް ބޭއްވޭނެ ކަމުގެ ޔަގީން ކަމެެއް ނެތް ކަމުގައި ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އެއީ ކޮމިޝަނުން ދޭ ވަރަށް ބިރުވެރި މެސެޖެއް ކަމަށާއި އެކަމުން އެނގިގެންދަނީ ނުފޫޒުން އެއްކިބާވެފައިވާ އެއްވެސް މުވައްސަސާ އެއް ރާއްޖޭގައި ނެތްކަން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް ނުފޫޒު ފޯރުވޭ ގޮތަށް ސަރުކާރުން ހިންގަމުން ގެންދާ ކަންކަމާއި މެދު ކޮމިޝަނުން ކަންބޮޑުވުން ފާޅު ކުރި ކަމަށް އޭނާ ވިދާޅުވިއެެވެ.
"މިއަދުގެ ވަގުތެއްގައި އަޅުގަނޑުމެން ބައެއް މައްސަލަތައް ލޮގުކުރާނަން. މިހާތަނަށް އައިޑެންޓިފައިވެފައިވާ ބައެއް މައްސަލަތައް، އަޅުގަނޑުމެން ދެންނެވިން ޝަކުވާ އެއް ހުށަނޭޅެނީސް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ކޮމިޝަން އިސްވެ އެބަޖެހޭ ކަންތައްތަކެއް ކުރަން." ޝުޖާއު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ވަނީ ބަޖެޓްގައި ނެތް ބައެއް މަޝްރޫއުތައް އިއުލާންކޮށްފައެވެ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިއަހަރަށް ބަޖެޓް ކޮށްފައިނުވި ނަމަވެސް އެމަަޝްރޫއުގެ މަސައްކަތް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އެދާއިރާއަށް އެމްޑީޕީގެ ފަރާތުންނާއި އަދި އިދިކޮޅު ޕީޕީއެމްގެ އިތުރުން އަލަށް އުފެއްދި އެމްއެންޕީގެ ފަރާތުން ވެސް ކެންޑިޑޭޓުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު