ހުޅުމާލޭގައި ހިލޭ ކޯވިޑް ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ހުޅުމާލޭގައި ހިލޭ ކޯވިޑް ސާމްޕަލް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައެވެ.
އެ ސަރަޙައްދުގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ހުޅުމާލެ ހޮސްޕިޓަލާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ، ގުޅިގެންނެވެ.
އެ ސަރަޙައްދުގައި ޓެންޓުތައް ޖަހައިގެން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ފަށާފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ގިނަ މީހުންގެ އެދުމުގެ މަތިންނެވެ.
މާލެ ސަރަޙައްދުގައި އަނެއްކާވެސް ވަނީ ކޯވިޑް ފެތުރޭ މިންވަރު އިތުރުވެފައެވެ. އެކަމާއި ގުޅިގެން ސާމްޕަލް ނަގާ ސެންޓަރުތައްވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ތާޖުއްދީން ސްކޫލާއި އެފްއޭއެމްގެ ކުރީގެ ޢިމާރާތުގައި ކޯވިޑް ސާމްޕަލް ނެގުމަށް ވަނީ ސެންޓަރުތައް ގާއިމުކޮށްފައެވެ.
މީގެ އިތުރަށް މިހާރު ސެނަހިޔާ ފްލޫ ކްލިނިކުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ހެނދުނު 10:00 އިން ރޭގަނޑު 10:00އަށް ޚިދުމަތް ލިބޭނެކަމަށާ، ހުކުރު ދުވަސްތަކުގައި މެންދުރު 2:00އިން ރޭގަނޑު 20:00އަށް ޚިދުމަތް ލިބޭނެކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ. މީގެއިތުރުން ވިލިމާލޭ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރުފަހު 3:30އަށް ޚިދުމަތް ލިބޭނެކަމަށްވެސް އެޗް.ޕީ.އޭއިން ބުނެފައި ވެއެވެ.

We are glad to assist @HulhumaleH and @HPA_MV in establishing a sample collection area at Hulhumalé Ruhgandu 1 pic.twitter.com/TbjuXZKgji
— HDC (@hdcmaldives) January 12, 2022
މާލެ ސަރަޙައްދުގައި އަނެއްކާވެސް ވަނީ ކޯވިޑް ފެތުރޭ މިންވަރު އިތުރުވެފައެވެ. އެކަމާއި ގުޅިގެން ސާމްޕަލް ނަގާ ސެންޓަރުތައްވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ތާޖުއްދީން ސްކޫލާއި އެފްއޭއެމްގެ ކުރީގެ ޢިމާރާތުގައި ކޯވިޑް ސާމްޕަލް ނެގުމަށް ވަނީ ސެންޓަރުތައް ގާއިމުކޮށްފައެވެ.
މީގެ އިތުރަށް މިހާރު ސެނަހިޔާ ފްލޫ ކްލިނިކުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ހެނދުނު 10:00 އިން ރޭގަނޑު 10:00އަށް ޚިދުމަތް ލިބޭނެކަމަށާ، ހުކުރު ދުވަސްތަކުގައި މެންދުރު 2:00އިން ރޭގަނޑު 20:00އަށް ޚިދުމަތް ލިބޭނެކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ. މީގެއިތުރުން ވިލިމާލޭ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރުފަހު 3:30އަށް ޚިދުމަތް ލިބޭނެކަމަށްވެސް އެޗް.ޕީ.އޭއިން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު