ސިފައިންގެއިން ރިޓަޔާ ކުރެއްވިނަމަވެސް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އިސްވެރިޔާގެ މަގާމުގައި އަދިވެސް ހުންނެވީ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ދިވެހި އަސްކަރިއްޔާގައި 37 އަހަރު ހިދުމަތްކުރެއްވުމަށްފަހު ސިފައިންގޭގެ ވަޒީފާއިން ޒަކަރިއްޔާ މަންސޫރު ރިޓަޔާ ކުރެއްވީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވިއިރު ޒަކަރިއްޔާ މަންސޫރު ހުންނެވީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ. އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި އަދިވެސް ހުންނެވީ ޒަކަރިއްޔާ މަންސޫރުކަމަށެވެ. އަދި އެ މަގާމުގައި ސިފައިންގެ އޮފިސަރެއް ހުރުން ލާޒިމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތާއި ގުޅުނީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދިގު މުއްދަތުގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އިސް ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ޒަކަރިއްޔާ މަންސޫރުއަކީ އެމެރިކާގެ ޑިފެންސް ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސް އިން ސްޓްރެޓެޖިކް އެންޑް ސެކިއުރިޓީ ސްޓަޑީސް ހާސިލްކޮށްފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު