ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ބަހުސް އަންނަމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އަންނަމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ބަހުސް އިންތިޒާމްކުރަނީ ދައުލަތުގެ މީޑިއާއިންނެވެ.
މި ބަޙުސަކީ ކޮމަންޑޫ ދަމާއިރާގެ މަޖިލިސް އިންތިޚާބުގައި، ވާދަކުރައްވާ ކެނޑިޑޭޓުން ތަޢާރަފްކޮށް، ދާއިރާ ތަރައްޤީކުރުމުގައި ކެނޑިޑޭޓުންގެ ވިސްނުުން ހުރިގޮތް އެ ދާއިރާއެއްގެ ރައްޔިތުންނާއި ޙިއްސާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ބަހުސެކެވެ. ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެރޭ 21:00 ގައެވެ. މިބަހުސް ދައުލަތުގެ މީޑިއާގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ލައިވްކޮށް ގެނެސްދޭނެއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާގެ މެމްބަރުކަމުގެ މަގާމު ފުރުއްވަމުން ގެންދެވި މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ.
މިއިންތިހާބުގައި 3 ޕާޓީއަކުން ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ އެމްޑީޕީގެ ފަރާތުން މުޙައްމަދު ރާޝިދު، އިދިކޮޅު ޕީޕީއެމްގެ މޫސާ ފަތުހީ އާދާމް އަދި އެމްއެންޕީގެ ފަރާތުން އަބްދުލް ހަންނާން އިދުރީހެވެ.

ކިޔުންތެރިންގެ ހިޔާލު