ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތަރާ ގުޅޭ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށައެޅީ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާމްގެ ފަރާތުންނެވެ.
ބާކައުންސިލުން ނާޒިމަށް ފޮނުވި ސިޓީގައި ބުނީ ކ. މަހާނައެޅިހުރާގައި ހިންގަމުންދާ ރިހިވެލި ބީޗް ރިސޯޓާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ނާޒިމްގެ ފަރާތުން ސޯޝަލް މީޑިއާގައި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާ ހަވާލާދީ ވާހަކަ ދެއްކުމާއި މައްސަލަ ބައްލަވާ ގާޒީ ޓެގް ކުރުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުންދާ އަމަލުތަކެއްކަމަށެވެ. އެފަދަ އަމަލުތަކަކީ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފު އަމަލުތަކެއްކަމަށް އެމައްސަލައިގައި ބުނެފައިވެއެވެ.
އެ ޝަކުވާއާ ގުޅިގެން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީގެ ބައްދަލަވުމެއް ބާއްވައި އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް މިހާރު ވަނީ ނިންމާފައެވެ.
އެހެން ކަމުން ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމުގެ ގަވާއިދުގެ ދަށުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ދިފާއުން ހުށަހަޅުއްވަން ބޭނުންވާ ލިޔެކިޔުންތަކާއި ހެކިންގެ މައުލޫމާތު، އަންނަ ބުދަ ދުވަހުގެ ކުރިން ބާ ކައުންސިލަށް ހުށައެޅުމަށް ނާޒިމަށް ވަނީ އަންގާފައެވެ.
މީޑިޔާއަށް މައުލޫމާތު ދެެއްވަމުން ނާޒިމް ވިދާޅުވީ، ދަށު ކޯޓުން މައްސަލަ ނިންމީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ކަމަށާއި ހައި ކޯޓުގައި މައްސަލަ ރެޖިސްޓާ ކޮށްފައިވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ކުރާ ޓްވީޓަތަކުން ނުފޫޒު ފޯރުވޭނެ މައްސަލައެއް އެއްވެސް ކޯޓެއްގަ ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު