ށ. ފުނަދޫއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށައް އަރައި ފޭބުން މަނާކޮށްފިއެވެެ.
އެޗްޕީއޭއިން މިއަދު ހަވީރު ފުނަދޫ ކައުންސިލަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ، މިވަގުތުން ފެށިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އެހެން ކަމުން އެޗްޕީއޭގެ ހުއްދައެއް ނެތި ރަށަށް އަރާ ފޭބުން މަނާ ވާނެ ކަމަށް އެ އެންގުމުގައި ބުނެފައިވެެެއެެވެ.
އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ކޮވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ށ. ފުނަދޫ މޮނިޓަރިންއަށް ލީ ކުރީގެ ރައީސް އަބުދު ﷲ ޔާމިން އިސްވެ ހުންނަވައި އިންޑިޔާ އައުޓްގެ ނަމުގައި އެ ރަށުގައި ހިނގާލުމެެއް ބާއްވަމުން ގެންދަނިކޮށެވެ.
އެޗްޕީއޭގެ އެންގުމާއި ގުޅިގެން ފުލުހުންގެ އެދުމުގެ މަތިން އިންޑިޔާ އައުޓް ހަރަކާތް ވަނީ ކުރުކޮށްލާފައެވެ. ފުނަދޫ ބަންދުކޮށްފައި ވަނީ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު އެރަށުން ކޯވިޑްގެ ބަލި މީހަކު ފެނި، ރެޔާ ހަމައަށް ނެގި 14 ފުލޫ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެެ.
ށ. ފުނަދޫ އާއެކު މިވަގުތު ރާއްޖޭގެ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ އަދަދު މިހާރު ވަނީ 12 އަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން ބައްޔަށް 816 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު