ރައްޔިތުންނަށް ގެއްލުންވާ ހުރިހާ ކަމެއް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ކުރައްވާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެއެވެެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިހެން ވިދާޅުވީ ށ. ފުނަދޫ މޮނިޓަރިން ހާލަތަށްގެނެސްފައިވަނިކޮށް ރައީސް ޔާމިން އިސްވެ ހުންނަވައި އެރަށުގައި "އިންޑިއާ އައުޓް" ކެމްޕޭން ކުރިިއަށް ގެންދެވުމާއި ގުޅިގެންނެެވެ.

އެޗްޕީއޭއިން ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ މިއަދު ހަވީރު 15:25 ގައެވެ. އެހެން ނަމަވެސް މިއަދު ހަވީރު 16:30ގައި ޕީޕީއެމް ކޯލިޝަނުން ވަނީ ރައީސް ޔާމީން އިސްވެ ހުންނަވާ "އިންޑިއާ އައުޓް" ހަރަކާތް އެރަށުގައި ކުރިއަށް ގެންގޮސްފައެެވެ.

މީޑިޔާ ތަކަށް މައުލޫމާތު ދެެއްވަމުން ފުނަދޫ ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ، އެ ކައުންސިލަށް އެކަން އަންގާފައިވަނީ އެ ހަރަކާތް ކުރިއަށް ދަނިކޮށް 5:50 ހާއިރު ކަމަށެވެ.

އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ރައްޔިތުންނަށް ގެެއްލުންވާ ހުރިހާ ކަމެއް ރައީސް ޔާމިން ކުރައްވާނެ ކަމަށެވެ. އަދި މާލެ ނޫން ރަށްތައް ތަރައްގީ ކުރުމުގެ ވިސްނުމާއި ދެކޮޅަށް އެމަނިކުފާނު ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށް ނިހާދު ވިދާޅުވިއެވެ. ނިހާދު މިހެން ވިދާޅުވީ ޕީޕިއެމްގެ ސަރުކާރުގައި އެއްފަސްކުރާނީ މާލެއަށް ކަމަށް ރައީސް ޔާމިން ވިދާޅުވެފައިވާތީ އެކަމަށް އިޝާރަތް ކުރައްވައެވެ.

މިކަމާ ބެހޭގޮތުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެެއްވަމުން ފުނަދޫ ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ ފުނަދޫގައި ފުލުހުންގެ އެއްބާރުލުމާއިއެކު ސުލުހަވެރިކޮށް ހިންގި އިންޑިޔާ އައުޓް ހަރަކާތް ހިނގަމުން ދަނިކޮށް އެ ހަރަކާތް ކުރުކޮށްލުމަށް ފުލުހުން ހަރަކާތުގެ ބައިވެރިންނަށް އެވަގުތު އެންގުމުން ހަމަ އެވަގުތު ހަރަކާތް ހުއްޓާލާފައިވާ ކަމަށެވެ. އެހަރަކާތް ހުއްޓާލިއިރު ވެސް އެރަށް މޮނިޓަރިންއަށް ލާފައިވާކަން އަންގާ ކައުންސިލަށް އެޗްޕީއޭއިން ރަސްމީކޮށް ފޮނުވާ ލިއުން އަދި ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު


2

ާސޯސަން

16-Jan-2022

ނޫނޭ ހަޔާތްކުޑަމީހުންއުޅޭ މިވަރުމީހެއްނުދެކެން


15

އައްމަޑޭ ސަމީރު

15-Jan-2022

ޕީޕީއެމް ކޯލިޝަނުން ރައީސް ޔާމީން އިސްވެ ހުންނަވާ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ގެއްލުމެއް ނުދޭނެކަން "ފުނަދޫ ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް"ގެ ބަހުން ސާބިތުވެއެވެ. އަދި, ޕޕމ އާއި, ރައީސް ޔާމީން މިކަމުގައިވެސް "މޑޕ އާ, ކޯލިޝަން ސަރުކާރަށް"ދައްކާފައިވަނީ ނަމޫނާ މިސާލެކެވެ. ސުކުރިއްޔާ ރައީސް ޔާމީން.



ޓްރެންޑިން