މާލެ ސިޓީގެ އެކި މަގުތަކާއި ގޯޅިތަކުގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ނުވަތަ އެކުޒާތުގެ ކުރެހުންތަކާ ލިއުންތައް ނައްތާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފަށައިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެންކަމަށެވެ. ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ މީހުންނާމެދު ފިޔަވަޅު އަޅައި ގޭންގުތައް މައިތިރި ކުރުމުގެ ބޭނުމުގައި ސަލާމަތީ ބާރުތަކުން މިހާރު ވަނީ އޮޕަރޭޝަނެއް ފަށާފައެވެ.
މި އޮޕަރޭޝަންގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތައް ވަރަށް ބޮޑަށް މޮނިޓަ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި އެކި ތަންތަން ބަލައި ފާސްކޮށް، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ވަނީ ނިންމާފައެވެ.
ދިވެހި ސިފައިންނާއި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު "ގުޅިގެން"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.

މާލެ ސިޓީގެ މަގު ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްދާ މަސައްކަތުގެ ތެރެއިން. pic.twitter.com/wfx5fVZQgN
— Male' City Council (@MaleCitymv) January 14, 2022
މި އޮޕަރޭޝަންގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތައް ވަރަށް ބޮޑަށް މޮނިޓަ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި އެކި ތަންތަން ބަލައި ފާސްކޮށް، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ވަނީ ނިންމާފައެވެ.
ދިވެހި ސިފައިންނާއި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު "ގުޅިގެން"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު