ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބޭނުންފުޅުވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނުލައި ކާމިޔާބު ހޯދޭނެކަން ދައްކަންކަމަށް ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
މަލީހު ވިދާޅުވީ ރައީސް ސާލިހު ބޭނުންފުޅުވަނީ ކޮމަންޑޫ ބައި އިލެކްޝަނުން ރައީސް ނަޝީދަށް މެސެޖެއް ދެއްވަންކަ މަށެވެ. އެއީ ރައީސް ނަޝީދާ ނުލައި ކާމިޔާބު ކުރެވިދާނެކަންކަމަށްވެސް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ އެކަމަށް ބޭނުންކުރަނީ އެމްޑީޕީގެ ތެރޭގައި އޮތް ޑީއާރުޕީ ފެކްޝަނާއި ރައީސް ސާލިހަށް ތާއީދުކުރާ ފެކްޝަންކަމަށެވެ.
ރައީސް ނަޝީދާ ނުލާ ކާމިޔާބު ކުރެވިދާނެކަން ދެއްކުމަށް ރައީސް ސާލިހު މަސައްކަތްކުރައްވާކަމަށް މަލީހު ވިދާޅުވިއިރު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިންގައި ބޮޑަަށް ހަރަކާތްތެރިވާ މަންޒަރު ފެންނަނީ ރައީސް ސާލިހުގެ އަރިސް ވަޒީރުންނާއި މެމްބަރުންނެވެ. އަދި ރައީސް ނަޝީދުގެ އެންމެ އަރިސްކޮށް އުޅުއްވާ ބޭފުޅުން ކެމްޕެއިންގައި އިސްކޮށް އުޅުއްވާ މަންޒަރެއް ނުފެނެއެވެ.

ރައީސް އިބޫ ބޭނުންފުޅުވަނީ ކޮމަންޑޫ ބައި އިލެކްޝަނުން ރ.ނަޝީދަށް މެސެޖެއް ދެއްވަން. ރ.ނަޝީދާ ނުލާ ކާމިޔާބު ކުރެވިދާނެކަން. އެކަމަށް ބޭނުންކުރަނީ ޑީއާރުޕީ ފެކްޝަނާއި އިބޫ ފެކްޝަން. އެމްޑީޕީގެ ވަފާތެރި މެމްބަރުންގެ ވޯޓް މިފަހަރު ފަތުހީއަށް ދެއްވާ އެމްޑީޕީ މިންޖުކުރޭ.
— Mohamed Maleeh Jamal (@maleehjamal) January 15, 2022
ރައީސް ނަޝީދާ ނުލާ ކާމިޔާބު ކުރެވިދާނެކަން ދެއްކުމަށް ރައީސް ސާލިހު މަސައްކަތްކުރައްވާކަމަށް މަލީހު ވިދާޅުވިއިރު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިންގައި ބޮޑަަށް ހަރަކާތްތެރިވާ މަންޒަރު ފެންނަނީ ރައީސް ސާލިހުގެ އަރިސް ވަޒީރުންނާއި މެމްބަރުންނެވެ. އަދި ރައީސް ނަޝީދުގެ އެންމެ އަރިސްކޮށް އުޅުއްވާ ބޭފުޅުން ކެމްޕެއިންގައި އިސްކޮށް އުޅުއްވާ މަންޒަރެއް ނުފެނެއެވެ.
ކިޔުންތެރިންގެ ހިޔާލު