ފުލުހުންނާއި ކަސްޓަމްސްފަދަ ގާނޫނު ތަންފީޒުކުރާ، ޔުނީފޯމް ބޮޑީޒްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޕާސްޕޯޓްގެ ހިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމްތަކެއް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގާނޫނު ތަންފީޒުކުރާ މުއައްސަސާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޕާސްޕޯޓް ހިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސީ އެމީހުން ކުރާ ބުރަމަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމަށެވެ.

އަދި ޑިއުޓީ ގަޑީގައި އެމީން ހޭދަކުރާ ވަގުތަކީ ރައްޔިތުންނާއި ގުޅުންހުރި ނާޒުކު އަދި އަވަދިނެތި އުޅޭ ފަރާތްތަކެއް ކަމުގައިވުމަކީވެސް އެ ފަރާތްތަކަށް ޕާސްޕޯޓް ހިދުމަތް ހޯދުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސި ސަބަބެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.



މި އިންތިޒާމް ހަމަޖައްސާފައިވަނީ ސިފައިން، ފުލުހުން، ކަސްޓަމްސް، މޯލްޑިވްސް ކަރެކްޝަން، އޭވިއޭޝަން ކޮމާންޑް އަދި ބޯޑަރ ހެލްތުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

އިމިގްރޭޝަނުން ބުނީ އެ މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހާއްސަ ކައުންޓަރެއް ހަމަޖައްސާފައިވާކަމަށެވެ. އަދި އޮންލައިންކޮށް ޕާސްޕޯޓު ހެއްދުމުގެ މަރުހަލާ ނިންމާލުމަށްފަހު ޕާސްޕޯޓު ބަލައި އިމިގްރޭޝަނަށް ހާޒިރުވާއިރު އޮފީސް ކާޑު ގެނައުމަށް އިމިގްރޭޝަނުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު