ހިދުމަތްތަކުން އެކަހެރިކޮށް، މަޖުބޫރުކޮށްގެން ވަކި ސަރަހައްދަކަށް މީހުން ޖަމާކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޯގްރަފީ އަދި އޯޕީޖީގެ ހިދުމަތް ފެށުން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާއިބު ރައީސް ވިދާޅުވީ ލާމަރުކަޒީ އުސޫލުން އަތޮޅަކަށް ކަންކަން ފަހިކުރަމުންދާއިރު އެންމެ ބޮޑު އިސްކަމެއް ސަރުކާރުން ދެއްވަނީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމްގެ ދަށުން އަވަސް ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި އެއީ ހަމައެކަނި ކައުންސިލްތައް ހިންގުން ނޫންކަމަށް ފައިސަލް ވިދާޅުވިއެވެ.
"ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމްގެ ފަސޭހަ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމަކީ އަމާޒެއް." ފައިސަލް ވިދާޅުވިއެވެ.
ނައިބް ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަޖުބޫރީ ހާލަތުގައި ވަކި ދިމާލަކަށް ރައްޔިތުން ގެންދިއުން ނޫންކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ އެމީހެއްގެ ރަށުގައި އާއިލާ ކައިރީގައި ހުރެގެން ފަސޭހަކަމާއެކީ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް ފައިސަލް ވިދާޅުވިއެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ މިއަމާޒަށް ވާސިލުވުމަށް. ކުރިއަށް އޮތްތަނުގައި މިއަށްވުރެ އަދި މާ ގިނަ ފަސޭހަތައް ލިބިގެންދާނެ." ފައިސަލް ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވީ ހަމައެކަނި ސީޓީ ސްކޭންގެ ހިދުމަތަށް ބެލިޔަސް، މާލެ ފިޔަވައި އެހެން ރަށްރަށުގައި ހުރި ސީޓީ ސްކޭން ފޯރުކޮށްދޭ ތަންތަނުން 3000 އަށްވުރެ ގިނަ މީހުންހިދުމަތް ހޯދާފައިވާކަމަށެވެ. އެއީ ވަރަށް ގިނަ މީހުންނަށް ލިބިގެންދިޔަ ފަސޭހައެއްކަމަށާއި، އެމީހުން މާލެ އަންނަން ޖެހުނު ނަމަ އެތައް ތަކުލީފަކާއި ކުރިމަތިލާން ޖެހޭނޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ ކޯވިޑްގެ ތެރޭގައި ދަތުރުފަތުރުގެ ހިދުމަތް މަޑުޖެހުނުއިރު، އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުން ކުރި މަސައްކަތް ފާހަގަކޮށްލެވޭކަމަށާއި ރައްޔިތުންގެ އިތުބާރު ކުރެވޭ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ.
"ސަރުކާރު އުފެދިފައި އޮތީ ރައްޔިތުންނަށް ހިދުމަތް ކުރަން. ފަސޭހަކަމާއެކީ ގާތުން ހިދުމަތް ދިނުމަށް. ބައިބައިވުން އުފައްދަން ޖާގަ ދީގެން ނުވާނެ. ތަރައްގީގެ މަސައްކަތްތަކާއެކު ކުރިއަށްދާންވީ." ނާއިބު ރައީސް ވިދާޅުވިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޯގްރަފީ އަދި އޯޕީޖީގެ ހިދުމަތް ފަށާފައިވާއިރު އެ ހޮސްޕިޓަލުގައި އިތުރު ހިދުމަތްތައްވެސް ވޭތުވެދިޔަ 3 އަހަރު ތެރޭގައި ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން އެ ހޮސްޕިޓަލުގައި އީއެންޓީއާއި ލޮލުގެ ފަރުވާގެ ހިދުމަތްތައް ވެސް ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު