ބީއެމްއެލް ސްޓާޓް-އަޕް ގްރާންޓް ޕްރޮގްރާމްގެ ޕޯސްޓަރެއް | ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ސްޓާޓް-އަޕް ގްރާންޓް ޕްރޮގްރާމްގެ ޕޯސްޓަރެއް | ފޮޓޯ: ބީއެމްއެލް
އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަކޮށް "ސްޓާޓް-އަޕް ގްރާންޓް" ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ތައާރަފް ކޮށްފި އެވެ.

މި ޕްރޮގްރާމަކީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އުފެއްދުންތެރި ވިޔަފާރިތަކަށް ހާއްސަކޮށް، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ. ބީއެމްއެލުން ބުނީ މިއީ ކޮންމެ ދާއިރާއަކުންވެސް އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށެވެ.

މިޕްރޮގްރާމްގެ ދަށުން ކޮންމެ ވިޔަފާރިއަކަށް 500,000ރ. ގެ މަގުން ހަތަރު ވިޔަފާރިއަކަށް 2 މިލިއަން ރުފިޔާގެ ހިލޭއެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

"ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާއި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް. މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދާ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓައް ހެޔޮ ބަދަލެއް ގެނެސްދޭނެ. ހޮވޭ ވިޔަފާރިތަކަށް އެފަރާތްތަކުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ފައިނޭންޝަލް އެޑްވައިޒް ވެސް ބޭންކުން ފޯރުކޮށްދޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭގެ ސްޓާޓަޕް ކަލްޗާއަށް އެހީވެދިނުން." ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވި އެެވެ.

ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. އަދި އާ ވިޔަފާރިއެއް ފެށުމުގެ އިތުރުން މިހާރު ހިންގަމުންދާތާ އެއް އަހަރު ނުވާ ވިޔަފާރިއެއް ކަމުގައިވާނަމަ ވިޔަފާރި ކުރިއެރުވުމަށްވެސް ނުވަތަ އެހެން ވިޔަފާރިއެއް ފެށުމަށްވެސް ބިޒްނަސް ޕްލޭން ހުށަހެޅިދާނެ ކަމަށްވެސް ބީއެމްއެލުން ބުނެ އެވެ.

ބީއެމްއެލުން ބުނީ އެ ގްރާންޓައް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން