މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޖަލުގައި ބަންދުގައި ހުންނެވި މުއްދަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ މާލީ އިނާޔަތްތަކަށްވާ ފައިސާ ފިނޭންސް މިނިސްޓްރީން ޖަމާކޮށްދީފިއެވެ.
ޖަލުގައި ބަންދުގައި ހުންނެވި މުއްދަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ އިނާޔަތްތައް ހޯއްދެވުމަށް އެމަނިކުފާނުގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުއްވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމުންނެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ރައީސް ޔާމީނަށް ނުލިބި އޮތް އިނާޔަތްތަކަށްވާ 2.4 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައެވެ.
ކުރީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޔާމީނަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 75 ހާސް ރުފިޔާ، ދިރިއުޅުއްވާ ތަނުގެ ޚަރަދަށް 50 ރުފިޔާ، އޮފީސް ހިންގުމުގެ ޚަރަދަށް 175000 ރުފިޔާ އަދި ބޭސްފަރުވާގެ ޚަރަދަށް މަހަކު 58333 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ކުރީގެ ރައީސްކަން ކުރަށްވާފައިވާ ބޭފުޅުންނަށް ދޭ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދު ހިމެނުނަސް، އެ ފައިސާ ރައީސް ޔާމީން ނުނަންގަވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި މަނީލޯންޑްރިންގ ދައުވާ ސާބިތުނުވިނަމަވެސް، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެވެ. އެ ދައުވާތަކުގައި އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރަނީ މަނީ ލޯންޑްރިންއާއި ރިޝްވަތު ހިފުމެވެ.

ކިޔުންތެރިންގެ ހިޔާލު