އދ. މަންދޫ ކައިރިއަށް ޑައިވިންގއަށް ފޭބި ފަތުރުވެރިޔާ ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ ފެނުނީ މިއަދު 15:10 ހާއިރު ކަނޑުގެ 15 މީޓަރު އަޑިންކަމަށެވެ. މިއީ 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެއްކަމަށާއި މި ފަތުރުވެރިޔާއަކީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވްކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެއްކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ފަތުރުވެރިޔާ ގެއްލިގެން އެކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ އިއްޔެ ހަވީރު 3:55 ހާއިރުއެވެ. އެ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރުތަކާއި ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު