ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް މިއަދު އިދިކޮޅުން ހުށައަޅައިފިއެެވެ.
ރިޔާސީ އިންތިޚާބު އޮޅުވާލި ކަމަށް ބުނާ މައްސަލަ އިދިކޮޅު ކޯލިޝަނުން ހުށައަޅާފައިވަނީ ފުލުހުންނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި އޮމްބަޑްސްޕާސަންގެ އޮފީހަށެވެ.
އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ޓީމުން ކަމާގުޅޭ އިދާރާތަކަށް ހުށައަޅާފައިވަނީ ޝަހުސު އޮޅުވައިލުމާއި، ރިޝްވަތު ދިނުމާއި ހިފުން، ވޯޓުކަރުދާސް ޗާޕް ކުރަން ބިޑް ކުރުމުގައި އޮޅުވައިލި ކަމަށް ބުނާ މައްސަލަތަކެކެެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި ނުފޫޒުފޯރުވުމާއި، ރަސްމީ އިދާރާއަކަށް ދޮގުމައުލޫމާތު ދިނުމުގެ އިތުރުން މުވައްޒަފުންނަށް ބިރުދެއްކި ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން އަނގޮޓި ބޭނުން ކޮށްގެން ފާހަގަޖަހައިފައިވާ ކަމަށާއި ދެލި ފުހެވޭ ގަލަމެއް ބޭނުން ކޮށްގެން ފާހަގަޖަހައިފައިވާ ކަމަށް އިދިކޮޅުން ހުށައެޅި މައްސަަލައިގައިވެއެވެ. މީގެއިތުރުން ފޭކު ވޯޓު ކަރުދާސް ޗާޕުކޮށްގެން ވޯޓުލައިފައިވާކަން ފާހަގަވެފައިވާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ހުށައެޅި މައްސަލަތަކުގައި ބުނެފައިވެއެވެ.
އިދިކޮޅުގެ ގާނޫނީ ޓީމުން ބުނީ އެކުށްތައް ސާބިތުވެއްޖެ ނަމަ، ކުށްކުރި މީހުންނަށް 11 އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެެވެ.
އިންތިހާބުގައި ވޯޓް އޮޅުވާލައިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފު އަޑީގައި ހުންނަވައިގެން ކަމަށް ކުރީގެ ރައީސް ޔާމިން ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލަ ފުލުހަށާއި އަދި ސުޕްރީމް ކޯޓަށް އެ ދުވަސް ވަރުވެސް ޕީޕީއެމުން ހުށައެޅި އެވެ. އެހެން ނަމަވެސް އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު